ކޮވިޑް-19: ފައިޒާ އަދި މޮޑާނާގެ ވެކްސިން ފަގީރު ގައުމުތަކަށް ލިބޭތޯ ޑަބްލިޔުއެޗްއޯއިން މަސައްކަތްކުރަނީ

ފަގީރު ގައުމުތަކަށް ކޮވިޑް-19 ވެކްސިން ލިބޭނެކަން ކަށަވަރުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ފަށާފައިވާ ޕްރޮގްރާމުގައި ފައިޒާއާއި މޮޑާނާގެ ވެކްސިން ހިމެނޭތޯ މަސައްކަތް ފަށާފައިވާ ކަމަށް އިއްޔެ އެ ޖަމްއިއްޔާއިން ބުނެފިއެވެ.

ކޮވިޑް-19 ގެ ވެކްސިން ފަސޭހަން ހޯދޭވަރަށް ވުރެ ފަގީރު ގައުމުތަކަށް އަމާޒުކޮށް ޑަބްލިޔުއެޗްއޯއިން އިސްނަގައިގެން އުފައްދާފައިވާ ކޮވެކްސް ފެސިލިޓީގެ އަމާޒަކީ އަންނަ އަހަރު ނިމުމުގެ ކުރިން އެ ގައުމުތަކަށް 2 ބިލިއަން ވެކްސިން ހޯދައިދިނުމެވެ.

ކޮވެކްސް ފެސިލިޓީން މިހާރުވެސް ވަނީ އާސްޓްރާޒެނެކާ، ނޮވާވެކް އަދި ސަނޯފީ-ޖީއެސްކޭ އުފައްދަން ތައްޔާރުވަމުން ވެކްސިންތަކުގެ އެތައް ސަތޭކަ މިލިއަން ޑޯޒެއް ލިބޭނެކަން ކަށަވަރުކޮށްފައެވެ. އެހެންނަމަވެސް، އެ ފެސިލިޓީން އަމާޒުކޮށްފައިވާ އަދަދުގެ ބައިކުޅަ ބައެކެެވެ. އަދި މިވެކްސީންތައްވެސް ލިބޭނެ ދުވަހެއް ކަށަވަރު ނުވެއެވެ.

ޑަބްލިޔުއެޗްއޯގެ ސީނިއާ އެޑްވައިޒަރ ބްރޫސް އައިލްވާޑް ވިދާޅުވި ގޮތުގައި ވެކްސިން އުފެއްދުމުގައި މިވަގުތު އެންެމެ ކުރީގައި އޮތް ފައިޒާއާއި މޮޑާނާގެ އިތުރަށް ވެކްސިން އުފައްދަން ތައްޔާރުވަމުންދާ އެހެން ކުންފުނިތަކާވެސް އެ ޖަމްއިއްޔާއިން ދަނީ ވާހަކަދައްކަމުންނެވެ

އޭނާ އިތުރަށް ވިދާޅުގޮތުގައި ފައިޒާއާއި މޮޑާނާއާއި މިހާރު ވާހަކަދައްކަމުން ދަނީ ފަގީރުތަކަަށް ފޯރުކޮށް ދިނުމަށް "ތަންކޮޅެއް އަވަހަށް" ވެކްސިން ލިބޭތޯއެވެ.

އެމެރިކަާއާއި، އިނގިރޭސިވިލާތް، ކެނެޑާ އަދި ޔޫރަޕިއަން ޔުނިއަން (އީޔޫ) ވެކްސިން ގަނެ ރައްކާކުރުމަށް އަތުރުކުރި އޮޅާލާފައި ވާއިރު، އެހެން ބަޔަކަަށް ވެކްސިން ލިބޭނީ މި ގައުމުތަކުން ރައްކާކުރާނެ ވަރަކަށް ރައްކާކުރުމަށް ފަހުގައި ކަމަށް ބެލެވެއެވެ. ދުނިޔޭގެ ގައުމުތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅޭ މިންވަރު ކޮރޯނާ ވައިރަސްގެ ސަބަބުުން މިވަނީ އިތުރަށް ހާމަވެގެން ގޮސްފައެވެ.

ފައިޒާއާއި މޮޑާނާއިން ވެކްސިިން ހޯދުމުގައި ޑަބްލިޔުއެޗްއޯއަށް ދިމާވެފައިވާ އެންމެ ބޮޑު އެެއް މައްސަަލައަކީ އެކަށީގެންވާ އަގެއްގައި ވެކްސިން ހޯދުމެވެ.

"އަަަހަރުމެން އެބަޔަކަށް މި ވެކްސިން ދޭން އުޅޭ، އަދި އެގައުުމުތަކަށް އެހީވާން މި އުޅޭ ގައުތަކު މީހުންނާ އެކަށީގެންވާ އަގެއްގައި ވެކްސިން ލިބޭނެކަމުގެ ޔަގީންކަން ހޯދުމަކީ އަހަރުމެން ކުރަންޖެހޭ ކަމެއް." އައިލްވާޑް ވިދާޅުވިއެވެ.

ފަގީރު ގައުމުގެތަކުގެ ރައްޔިތުންނަށް ދެވޭ ވަރަށް ވެކްސިން ލިބޭނެކަން އަދި ކަށަވަރުވެފައި ނުވާއިރު، މުއްސަނދި ގައުމުތަކުން އެގައުމުތަކަށް ބޭނުންވާވަރަށް ވުރެ އެތައް ގުނައެއް އިތުރަށް ވެކްސިން ހޯދައި ރައްކާކުރުމަކީ ފަގީރު ގައުމުތަކަށް ލިބޭ އިތުރު ނިކަމެތި ކަމެކެވެ. މިސާލަކަށް ބަލާނަަމަ 38 މިލިއަން މީހުންގެ އާބާދީއެއް އޮތް ކެނެޑާއިން މިހާރު ވަނީ 200 މިލިއަން ޑޯޒް ވެކްސިން ގަނެފައެވެ. މިއީ އެ ގައުމުގެ ރައްޔިތުންނަށް 5 ބުރަށް ވެކްސިން ދިނުމަށް ފުދޭނެ އަދަދެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.