ދެ ލައްކަ ހަަތަރު ހާސް ރެފިއުޖީން އިދްލިބަށް އެނބުރި ހިނގައްޖެ

ހަނގުރާމައިގެ ސަަބަބުން ސުންނާފަތިވެފައިވާ އިދްލިބްެ އިމާރާތެއް

ފާއިތުވި މާރިޗު މަހު ރަޝިޔާއާއި ތުރުކީއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމަށް ފަހު ސީރިޔާގެ އިދްލިބުގެ 2 ލައްކަ ހަތަރު ހާސް ރެފިއުޖީން އެ ސަރަހައްދަށް އެނބުރި ގޮސްފައިވާ ކަމަށް ތުރުކީން ބުނެފިއެވެ.

ތުރުކީގެ ޑިރެކްޓަރެޓް އޮފް ކޮމިއުނިކޭޝަންސްއިން އިއްޔެ ބުނި ގޮތުގައި އިދްލިބުގެ މިހާރުގެ އާބާދީއަކީ 3.1 މިލިއަން މީހުންނެވެ. އަދި ރައީސު ބައްޝާރުލް އަސަދުގެ ސިފައިން އެ ސަރަހައްދުގައި މިހާރު ކުރިއަށް ގެންދާ އަސްކަރީ ހަމަލާގެ ސަބަބުން 7 ލައްކަ 80 ހާސް މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމުގައެވެ.

ސީރިޔާގައި ހިނގާ ދާޚިލީ ހަނގުރާމައިގައި ވާދަވެރި ދެ ފަރާތަށް ތާއިދުކުރާ ރަޝިޔާއާއި ސީރިޔާއިން ވަނީ އިދްލިބުގެ ހުޅަނގު އުތުރުގައި އަސްކަރީ ހަރަކާތްތައް ހުއްޓާލުމަށް މާރިޗު މަހުގެ 5 ވަނަ ދުވަހު އެއްބަސްވެފައެވެ. އެއީ، އެ ސަހަރައްދުގައި އަސްކަރީ ހަމަލާތައް އިތުރުވުމުގެ ސަބަބުން މިލިއަނެއްހާ ރެފިިއުޖީން އިދްލިބް ދޫކޮށް ގޮސްފައި ވަނިކޮށެވެ. މި އެއްބަަަސްވުމުގެ ސަބަބުން ތުރުކީއަށް ދެ ގޮތަކުން ފައިދާކުރިއެވެ. އެއީ ތުރުކީއަށް އެތެރެވާ ރެފިއުޖީން މަދުވުމާއި، ސީރިޔާގެ އުތުރުގައި މަރުވާ ތުރުކީ ސިފައިންގެ އަދަދު މަދުވުމެވެ.

އަދި މި އެއްބަސްވުމުގެ ދަށުން ރަޝިޔާއާއި ތުރުކީން ވަނީ ސީރިޔާގެ އިރުމައްޗާއި ހުޅަނގު ގުޅުވައިދޭ އެމް-4 ހައިވޭގައި ގުޅިގެން ފޯރިމަރަން ފަށާފައެވެ. އަދި އެ ހައިވޭގެ ދެ ފަރާތުގައި ސަލަމަތީ ކޮރިޑޯއެއް ގާއިމުކޮށްފަައެވެ.

ތުރުކީއާ އިންވެގެން އޮންނަ ސީރިޔާގެ ސަަރަހައްދު، އިދްލިބުގެ އިންސާނީ ހާލަތު ރަނގަޅުކުރުމަށް ތުރުކީގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތަފާތު މަސައްކަތްތައް ކުރަމުން ދެއެވެ.

އެގޮތުން ތުރުކީގެ ހިއުމަނިޓޭރިއަން ރިލީފް ފައުންޑޭޝަން (އައިއެޗްއެޗް) އިން ވަނީ މި އަހަރު ފެށުނީއްސުރެ މިހާތަނަށް 2 ލައްކަ 20 ހާސް ކެއުން އިދްލިބް ސަރަހައްދުގައި ބަހާފައެެވެ. އަދި ތުރުކީގެ ބަޝީރު ފައުންޑޭޝަނުން ވަނީ އެ ސަރަހައްދުގައި 180 އިމާރާތްކުރުމުގެ މަސައްކަތް ފަށާފައެވެ. 430 އަަކަފޫޓުގެ ކޮންެމެ ގެއެއްގައި ދެ ކޮޓަރިއާއި، ބަދިގެއަކާއި، ފާޚާނާއެއް ހުރެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.