ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ރޯވި އަލިފާން، ނިއްވާލުމުގައި ސިފައިން ހަރަކާތްތެރިވެއްޖެ

ގއ.ވިލިނގިލީގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައި ރޯވި އަލިފާން ނިއްވާލުމުަގައި، ސިފައިން ހަރަކާތްތެރިވެއްޖެއެވެ.
މި ހާދިސާގެ ރިޕޯޓް ރޭ 00:40 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އިކުއިޕްމަންޓާއެކު ވިލިނގިއްޔަށް ދިއުމަށްޓަކައި ފުރާފައެވެ.
އެ ސްކޫލުގައި ރޯވި އަލިފާން، ވިލިނގިލީގައި ތިބި ސިފައިންނާއި މުއައްސަސާތައް އަދި އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ރޭ 01:26 ހާއިރު ވަނީ އަލިފާން ކޮންޓްރޯލް ކޮށްފައެވެ. އަދި އަލިފާން ނިއްވާލެވުނީ ރޭ 02:50 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.