ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ ބ. އަތޮޅުން ފެށީގެން ފ. އަތޮޅާ ހަމައަށް އޮރެންޖު އެލާޓު ނެރެފިއެވެ. މިއީ މޫސުން ގޯސްވުމނުގެ ސަބަބުން ރާއްޖޭގައި އޮރެންޖު އެލާޓު ނެރުނު ފުރަތަމަ ފަހަރެވެ.
ALERT ORANGE in effect! Windy conditions are likely to maintain over the area. All parties are advised to take necessary precautions. pic.twitter.com/C5yCPYJvS5
— Maldives Meteorology (@MetMaldives) May 15, 2020
މުސުމާ ބެހޭ އިދާރާއިން ލަފާކުރާގޮތުގައި މިއަދުގެ ހަވީރު 5 އިން އިރުއޮއްސި 7 އާ ހަމައަށް ބ. އަތޮޅުން ފެށިގެން ފ. އަތޮޅަށް 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ހުރެދާނެއެވެ. އަދި ކަނޑު ގަދަވާނެ ކަމަށް ވެސް ލަފާކުރެއެވެ.
އެ އިދާރާއިން މިގެ ކުރިން ހއ. އިން ޅ. އަށް އަދި މ. އަތޮޅުން ފެށިގެން އައްޑުއަށް ނެރެފައިވާ ހުދު އެލާޓު މިރޭގެ ދިހައަކާއި އެގާރައާއި ހަމަށް ވަނީ ދަމަހައްޓާފައެވެ.
އެ އިދާރާއިން ވަނީ ހއ. އިން ފ. އަތޮޅާށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށްފައެވެ. އަދި މރޭގެ ހަތަކުން ދިހައަކާ ހަމައަށް ގަޑިއަކު 28 މޭލާ 35 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ހުންނާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކުރެއެވެ. މި ސަރަހައްދަށް ވަނީ ޔެލޯ އެލާޓު ނެރެފައެވެ.