
މާދަމާ ހެނދުނު 10:00 އާ ހަމައަށް ރާއްޖޭގެ އެކިހިސާބުތަކަށް ގުގުރުމާއެކު ވިއްސާރު ކުރާނެ ކަމަށާއި، ބައެއް ރަށްރަށަށް ބޯކޮށްވާރޭ ވެހޭނެ ކަމަށް ރާއްޖޭގެ މޫސުމާބެހޭ އޮފީހުން ބުނެފިއެވެ.
މޫސުމާ ބެހޭ އޮފީހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ވިއްސަރަ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާ ކުރައްވައިފައެވެ. އެނޫން ވަގުތުތަކުގައި ވައިޖެހެނޭ ކަމަށް ލަފާ ކޮށްފައިވަނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށްވެސް ލަފާކޮށްފައިވެއެވެ. ވައިޖެހެނީ ދެކުނާއި ހުޅަނގުން ކަމަށް ވެސް މޫސުމާބެހޭ އޮފީހުން ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށްވެސް ލަފާ ކޮށްފައިވެއެވެ. މޫސުމާބެހޭ އޮފީހުން މިހާރުވެސް ވަނީ ފ. އަތޮޅާއި ލ. އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓްވެސް ނެރެފައެވެ.