
މިދުވަސްކޮޅު ގޭގައި ތިބެ ކުދިންނަށް ރިތި އަދަބުތައް ދަސްކޮށްދެއްވުމަށް ޖެންޑަރ މިނިސްޓްރީން އިލްތިމާސް ކުރައްވައިފިއެވެ. އެމިނިސްޓްރީން މިކަމަށް އިލްތިމާސް ކުރައްވައިފައި ވަނީ ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން ފޮނުއްވި ތަހްނިޔާގެ މެސެޖްގައެވެ.
ކޮވިޑް-19 ގެ އުދަނގޫ ދުވަސް ވަރު ކުދިން ގޭގައި ތިބެ ކުރާ ހިއްވަރު ފާހަގަ ކުރައްވާކަމަށް ޖެންޑަރ މިނިސްޓްރީގެ ތަހްނިޔާގެ މެސެޖްގައި ވެއެވެ.
"ގޭގައި ތިބުމަށް މި ލިބުނު ފުރުޞަތަކީ ދަރިންނާއި މައިން ބަފައިންގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަކޮށް. ކުދިން ދިރިއުޅުމަށް ކުރިމަތިލުމަށް ބޭނުންވާ ރީތި އަދަބުތައް ދަސްކޮށްދޭނެ ދުވަސްކޮޅަކަށް ހަދަމާއެވެ" ޖެންޑަރ މިނިސްޓްރީގެ މެސެޖްގައި ވެއެވެ.
ކުޑަކުދިނަށް ޞިއްޙީ ދުޅަހެޔޮކަން ދެއްވައި ބާއްޖަވެރި އުފާވެރި މުސްތަޤްބަލަކަށް އެދޭކަމަށް ވެސް މެސެޖްގައި ވެއެވެ.