ރިވެލި އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ނާއިބު ރައީސް ވަނީ ވިދާޅުވެފައި: ފޮޓޯ ވީނިއުސް

އެސްޓީއޯގެ އައިޓީ ޑިޕާޓުމެންޓުގެ ހެޑު މުސްތަފާ އަޒުމީ ތަނަކުން ވެއްޓި ލިބުނު އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ޢަމްރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަޒުމީ ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އޭނާގެ ޙާލަތު ސީރިއަސް ކަމަށާއި އަޒުމީއަށް އަވަސް ޝިފާއެއް ދެއްވުން އެދި އެންމެންގެ ދުޢާއަށް އެމްޑީ ވަނީ އެދިވަޑައިގެންފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަޒުމީ ވެއްޓިފައިވަނީ މިސްކިތެއްގެ ދެވަނަބުރިން ފުރަތަމަ ބުރިއަށެވެ. އޭނާއަކީ ލަކުޑީގެ މަސައްކަތަށް ވަރަށް ކުޅާދާނަ ފަންނާނެއް ކަމަށާއި އެފަދަ މަސައްކަތުގައި މީގެ ކުރިން ވެސް އުޅެފައިވާ ކަމަށް އާފަތިހަށް މަޢުލޫމާތު ދިން މީހަކު ބުންޏެވެ. "ވެދާނެ ވޮލަންޓިއަރ ކޮށްގެން އެ މިސްކތުގެ މަސައްކަތުގައި އުޅުނީ ކަމަށް ވެސް،" އެމީހާ ބުންޏެވެ.

މިއަހަރުގެ ރިވެލި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސް އިން ހުޅުވާލައިފިއެވެ.

މިއީ  ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ ލާބައަށް އެކި ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި، އެ ކަމަށް ހިތްވަރުދިނުމުގެ ގޮތުން ދެއްވާ އެވޯޑެކެވެ. ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދެވޭ މި އެވޯޑަށް ކުރިމަތިލެވޭ ދާއިރާތަކަކީ:

- ނުކުޅެންތެރިކަން ހުންނަ ފަރާތްތައް (4 ފަރާތް)

- ރާއްޖެއަށް އެކި ގޮތްގޮތުން ރީތި ނަން ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް

- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާ (1 ފަރާތް)

- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާ (1 ފަރާތް)

- ފަންނީ ދާއިރާ (1 ފަރާތް)

- ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ (1 ފަރާތް)

- ވަޒީފާގެ ފުރުޞަތު ހޯދައިދިނުމުގެ ދާއިރާ (1 ފަރާތް)

- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތަކުން ކޮށްދޭ ޚިދުމަތުގެ ދާއިރާ (1 ފަރާތް)

- ޚާއްޞަ ދާއިރާ (1 ފަރާތް)

ރިވެލި އެވޯޑަށް ކުރިމަތި ލެވޭނީ ޚާއްޞަވެގެންވާ އެއްދާއިރާއަކަށް، އަމިއްލައަށް ނަން ހުށަހަޅައިގެން ނުވަތަ އެހެން ފަރާތަކުން ނަން ހުށަހަޅައިގެން ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެފައިވެފައިވެއެވެ. ނނަން ހުށަހެޅުމަށް ކަނޑައަޅައިފައިވާ ސުންގަޑިއަކީ 2019 ޖޫން 02 ވާ އާދީއްތަ ދުވަހުގެ 13:00އެވެ. މި އެވޯޑަށް ކުރިމަތިލާނެ ގޮތުގެ އިތުރު މަޢުލޫމާތު އެ ނިސްޓްރީގެ ވެބްސައިޓާއި، ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.