
ހުޅުމާލޭގައި ދުއްވި ކާރެއް ކޮންޓްރޮލް ނުވެގޮސް ޖެހި ދެ ސައިކަލަކަށް ގެއްލުން ވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ އެ ކާރު ޔޫޓާނެއް ނަގަން އުޅުމުގެ ތެރޭގައި ކަމަށެވެ. މިހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 7:25 އެހައިކަންހާއިރު އެވެ.
މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ޗަނބޭލީ ހިނގުމުން އުތުރަށް އެކާރު ދުއްވާފައި އައިސް ޔޫޓާން ނަގަން އުޅުމުގެ ތެރޭގައި ރޭސް ޕެޑަލަށް ފިތިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. ރޭސް ޕެޑަލަށް ފިތުނު ހިސާބުން ކާރު ކޮންޓްރޯލް ގެއްލި އެމަގު (ޗަނބޭލީ) ގައި ޕާކްކޮށްފައިހުރި ސައިކަލްތަކެއްގައި ޖެހި ސައިކަލްތަކަށް ވަނީ ގެއްލުން ވެފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އެހެންނަމަވެސް މިހާދިސާއަށްފަހު ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.