ކާރެއް ކޮންޓްރޯލް ނުވެގޮސް ފާރެއްގައި ޖެހި، ފާރު ވެއްޓި ކާރަށް ގެއްލުން ވެއްޖެ

ގދ. ތިނަދޫގައި މިއަދު ހަވީރު ކާރެއް ކޮންޓްރޯލް ނުވެ ގޮސް ގެއެއްގެ ފާރުގައި ޖެހި ފާރުވެއްޓި ކާރަށް ވެސް ގެއްލުން ވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 5:23 އެހައިކަންހާ އިރު ކަމަށެވެ. މި އެކްސިޑެންޓް ވެފައިވަނީ ޣާޒީ މަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލަކުން ދުރައްޖެހި ދުއްވާލަން އުޅުމުގެ ތެރޭގައި ކަމަށެވެ. މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވެއެވެ. އެހެނެންމަވެސް ކާރުގެ ބަފަރުވަނީ އެއްކޮށް ނެއްޓިފައެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ. މީގެ އިތުރަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައިވެސް ވަނީ ބޮޑު އެކްސިޑެންޓެއް ވެފައެވެ. މަޑުކޮށްފައި އޮތް ޓެކްސީއެއްގެ ފަހަތުން އެމްއޭސީއެލްގެ ތެޔޮ ބައުޒަރެއް ޖެހި ޓެކްސީއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ. އެހެންނަމަވެސް މީހަކަށް އެއްވެސް އަނިޔާއެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.