
ތ. އަތޮޅު ތިމަރަފުށީ އެއާޕޯޓަށްދާ މަގުން ދުއްވާފައި ދިޔަ ވޭނެއް ފުރުޅާލައި އޭގައި ތިބި މީހުންނަށް އަނިޔާއެއް ނުވެ ސަލާމަތްވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވޭން ފުރޮޅައިލީ ދުއްވިލެއް ބާރުކަމުންނެވެ. ވޭން ފުރޮޅާލިއިރު އޭގައި ތިބީ ދެ މީހުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ޢަދަދު އެއަށްވުރެ އިތުރުވާނެ ކަމަށް އެރަށުން މަޢުލޫމާތު ދިން މީހަކު ބުންޏެވެ. އެމީހާ ބުނީ ވޭން ފުރޮޅާލީ އެއާޕޯޓު ރެސްޓޯރެންޓަށް ކޮފީއަކަށް ދަނިކޮށް ކަމަށެވެ.
މިއަދު 2:45 އެހައިކަންހާއިރު ހިނގި މިހާދިސާގައި ވޭން ދުއްވަން އިނީ އިސްމާޢީލް ނަމަކަށް ކިޔާ އެރަށު ޒުވާނެކެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ތިމަރަފުށީ އެއާޕޯޓަށްދާ މަގުން ހިނގާފައި ދިޔަ އަންހެނެއްގެ ގައިގައި ވަރަށްފަހުން ވަނީ ވޭނަކުންޖެހި ސީރިއަސް އަނިޔާއެއް ލިބިފައެވެ. އެމީހާއަށް މިހާރުވެސް ގެންދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ.