
ހދ. ކުޅުދުއްފުށީގައި ޢިމާރާތްކޮށްފައިވާ 40 ރޯހައުސް މަރާތު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީގެ ފަރާތުން ފެނަކަ ކޯޕަރޭޝަނާ މިއަދު ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރައްވައިފިއެވެ.
މިއެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު ޚާލިސް ޝަރީފެވެ. ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދެވެ.
އެމަސައްކަތް ފެނަކައާ ޙަވާލުކުރީ 190 ދުވަސްތެރޭގައި ނިންމާ ގޮތަށް ތޭވީސް މިލިއަން ތިންލައްކަ ނުވަދިހަ ހަ ހާސް އެއްސަތޭކަ އެއްރުފިޔާ އަށެވެ.