
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ކަމަށް އަލްއުސްތާޒާ ޙިސާން ޙުސައިން މިއަދު އައްޔަންކުރައްވައިފިއެވެ.
ޙިސާން މި މަގާމަށް އައްޔަންކުރެއްވީ ޖޭއެސްސީގެ ރައީސްގެ މަގާމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަލްއުސްތާޒް ޢަބްދުﷲ ޢަރީފް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޖޭއެސްސީ އިން ހާމާކުރެއްވި ގޮތުގައި ޖޭއެސްސީގެ ރައީސް ކަމަށް ޙިސާން އައްޔަންކުރައްވާފައިވަނީ އެ ކޮމިޝަނުގެ ގާނޫނުގެ 7ވަނަ މާއްދާގެ ދަށުންނެވެ.
ޙިސާން އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކޮމިޝަނަށް ކަނޑައަޅާފައިވާ މެންބަރެވެ. އޭނާ އަކީ ބ. ތުޅާދޫ ދާއިރާގެ މެންބަރެވެ.