
ހުޅާމާލޭގައި ޖައުޒާއިން ހަދަމުންދާ ފުލެޓު "އެގްޒޯޓިކް އެލެގަންސް" އަށް ބޭނުންވާ ލިފްޓް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި އެސްޓީއޯއާއި ޖާ އިންވެސްޓްމެންޓާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގެ ދަށުން އެސްޓީއޯއިން ފޯރު ކޮށްދޭނީ ކޯނޭ ބުރޭންޑުގެ ފަސް ލިފްޓެވެ. އެއީ ރާއްޖެއަށް އަލަށް ތަޢާރަފްވެ މިހާރު މަޝްހޫރުވަމުން އަންނަ ބުރޭންޑެކެވެ.
ހުޅުމާލޭގައި މިހާރު ޢިމާރާތް ކުރަމުންދާ ގިނަ ތަންތަނުގައި ހަރުކުރުމަށް މީހުން ޢާއްމުކޮށް މިހާރު ގަންނަމުންދަނީ ވެސް މި ބުރޭޑުގެ ލިފްޓެވެ. ކޯނޭއަކީ ފިންލޭންޑުގެ ވަރަށް ތަފާތު ޓެކޮނޮލޮޖީއެކެވެ.
މި ބުރޭންޑުގެ ލިފްޓުގެ މެޝިން ވަރަށްކުޑަވެފައި އަޑެއް ނުހުންނާނެއެވެ.
މިފަހަކަށް އައިސް މައްކާ މަދީނާގައި ހަދާފައިވާ އުސް ޢިމާރާތްތަކުގައި ވެސް ބޭނުން ކުރަމުންދަނީ ކޯނޭ ލިފްޓެވެ.