
ތެލުގެ އަގަށް އައި ބަދަލާއެކު މިފްކޯ އިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.
މިފްކޯ އިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން އެ ކުންފުނިން މަސްވެރިންނަށް ޑީސަލް ވިއްކާ އަގު ލީޓަރަކުން ތިން ރުފިޔާ ބޮޑުކޮށްފައިވާ ކަމަށެވެ. އަދި އާންމުންނަށް ޑީސަލް ވިއްކާ އަގުން ލީޓަރަކުން ފަސް ރުފިޔާ ބޮޑުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން މަސްވެރިންނަށް ޑިސަލް ލީޓަރެއް މިހާރު ލިބޭނީ 17.63 ރުފިޔާއަށެވެ. ކުރިން ވިއްކީ ލީޓަރެއް 14.44 ރުފިޔާއަށެވެ. އަދި އާންމުންނަށް މީގެކުރިން 17.10 ރުފިޔާއަށް ވިއްކަމުން އައި ޑީސަލް މިހާރުވިއްކާނީ ލީޓަރެއް 22.66 ރުފިޔާއަށެވެ.
ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު އަދިވެސް އުފުލެމުންދާ ކަމަށް ބުނެ އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ވެސް ވަނީ ބޮޑުކޮށްފައެވެ.
އެގޮތުން އެސްޓީއޯ އިން މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 16.55 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 16.77 ރުފިޔާއަށެވެ.
މިއީ މިއަހަރުގެ ތެރޭގައި އެސްޓީއޯއިން ތެލުގެ އަގު ބޮޑު ކުރި ހަތަރުވަނަ ފަހަރެވެ.