މޫސުމީ ބަދަލުތަކާ ގުޅުވައިގެން އިޤްތިޞާދާއީ ސިޔާސީ ޙަރާކާތްތައް ކުރިއަށް ގެންދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފި އެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، އިންޓަރިންޓަރޕާލަމަންޓްރީ ޔޫނިއަން (އައިޕީޔޫ) ގެދެކުނު އޭޝިއާގެ ޤާނޫނު ހަދާ މަޖިލީސް ތަކުގެ ރައީސުންގެ ހަތަރު ވަނަ ބައްދަލުވުން ހުޅުވައި ދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަ ފުޅުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ގޮތުގައި ސިޔާސީ މީހުންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މޫސީމީ ބަދަލުތަކާ ކުރިމަތިލާނެ ގޮތެއް ހޯދުމުވެ. މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ސުވާލަކީ އިޤާތިޞާދީ ތަރައްޤީއަށް ކުރާ މަސައްކަތްތަކުން މުސްތަޤުބަލުގައި ޖައްވު ހޫނުވުމާއި ވިހަގޭސްތައް މަދުކުރެވޭނެތޯ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަ ފުޅުގައި އިއާދަ ކުރުވަނިވި ހަކަތައިގައ ޗައިނާއިން ހޯދާފައިވާ ކާމިޔާބީ ފާހަގަ ކުރެއްވިއެވެ. އަދި ޕެރިސް އެގްރިމެންޓްގައި 2015 ގެ ނިޔަލަށް އަވިން އުފައްދާ ހަކަތައިގެ އަގު 60 އިންސައްތައަށް ކުޑަކުރުމަށް ކަނޑައަޅައިފައިވާކަން ފާހަގަ ކުރެއްވިއެވެ.
ދެހާސް ނުވަ ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއިން ކާބަރން ނިއުޓްރަލް ޕްލޭން އިޢުލާން ކުރުމުން ބައެއް މީހުން ދެކެމުން އައީ އެކަން ކުރި މީހުންނަކީ މޮޔައިންކަމަށް ކަމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.
"އެ މީހުން ނުދެކޭ ޑީސަލަށް ވުރެ އަގު ހެޔޮކޮށް އަޅުގަނޑުމެންނަށް އިއާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފެއްދި ދާނެކަމަކަށް، އެކަމަކު އެގޭ ނުވަ އަހަރު ފަހުން މި ފެންނަނީ އެހެން މަންޒަރެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.
މޫސުމީ ބަދަލުތަކާ ދަތުރު ފަތުރާ ގުޅުވައިގެން ރައީސް ނަޝިދު ދެއްކެވި ވާހަކަ ފުޅުގައި އިލެކްޓްރިކް ކާރުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. އެކްސިޑެންޓްތައް މަދުވެ ވައި ތަޣައްޔަރުވުން ކުޑަކޮށް ދިނުމަށް އެފަދަ ކާރުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. އަދި އޭޝިއާގެ ޤައުމުތަކުން އެދާއިރާއިން ކުރިހޯދުމަށް ކުރަމުން އަންނަ މަސައްކަތް ފާހަކުރައްވާ 2030 ގެ ނިޔަލަށް، އަލަށް ނެރޭ ކޮންމެ ކާރަކީ އިލެކްޓްރިކް ކާރަކަށް ހެދުމަށް އިންޑިއާއިން ކަނޑައަޅައިފައިވާކަން ފާހަގަ ކުރެއްވިއެވެ.
ރައީސް ނަޝީދުގެ ވާހަކަ ފުޅުގައި ތާހިރު ދިރިއުޅުމެއް ރައްޔިތުންނަށް ހޯއްދަވައި ދެއްވުމަށް އެމްޑީޕީން ގެންގުޅޭ ސިޔާސަތުތަކުގެ މައްޗަށްވެސް ބައްލަވައި ލެއްވިއެވެ. އަދި މަޖިލީހާއި ސަރުކާރަށް ވެސް އެޕާޓީއަށް ވޯޓް ދެއްވައިފައި އެސިޔާސަތުގެ ދަށުން ރައްޔިތުންނަށް ވިއްކި ވައުދުތަކަށް ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.