ދެކުނު އޭޝިއާގެ ޤާނޫނު ހަދާ މަޖިލީހުގެ އިސްވެރީންގެ ސަމިޓުގައި ބައިވެރިވެ ވަަޑައިގަންނަވާ ބޭފުޅުން ރާއްޖެ ވަޑައިގަންނަވަމުން އެބަދެއެވެ، އެގޮތުން އެންމެ ފުރަތަމަ ވަޑައިގެންނެވީ އަފްޢާނިސްތާނުގެ ޤާނޫން ހަދާ މަޖިލީހުގެ ރައީސް އޮނަރަބްލް ރަޙްމާން ރަޙްމާނީ އެވެ. ރަޙްމާން ރަޙްމާނީއަށް މަރްޙަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދް ނަޝީދް އާއި ނާއިބު ރައީސް އީވާ ޢަބްދުﷲ އެވެ.
Hon. Speaker of the House of the People of Afghanistan H. E Mr. Rahman Rahmani arrives in #Maldives to participate in the 4th South Asian Speaker’s Summit on the #SDGs. He was received by Hon. President @MohamedNasheed, MP Speaker of the People’s Majlis & Hon. Deputy Speaker. pic.twitter.com/2KawXUEs6K
— People's Majlis (@mvpeoplesmajlis) August 31, 2019
އެއަށްފަހު އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރީގެ، ލޮކްސަބާގެ ރައީސް އޮންރަބްލް އޯމް ބިރްލާ ވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ. އޮންރަބްލް ބިރްލާ އަށް ވެސް މަރުޙަބާ ދެންނެވީ މަޖިލީހުގެ ރައީސް މުޙައްމަދް ނަޝީދް އާއި ނައިބް ރައިސް އީވާ ޢަބްދުﷲ އަދި ޕީޖީ ލީޑަރުންނެވެ.
Hon. @loksabhaspeaker H.E Mr. Om Birla arrives in #Maldives to participate in the 4th South Asian Speaker’s Summit on the #SDGs. He was received by Hon. President @MohamedNasheed, MP Speaker of the People’s Majlis & Depty Speaker Hon. @evattey long with PG leaders. pic.twitter.com/8T03gSl22N
— People's Majlis (@mvpeoplesmajlis) August 31, 2019
ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ މި ދަތުރުފުޅަކީ 'ސައުތު އޭޝިއަން ސްޕީކަރސް ސަމިޓް' ގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. ސަމިޓުގައި ދެކުނު އޭޝިއާގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ އިސްވެރީންގެ ބައިވެރިވެ ވަޑައިގަންނަވާ ބައްދަލުވުމެކެވެ.
މި ސަމިޓަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާޞިލް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ބާއްވާ 4ވަނަ ސަމިޓެކެވެ. ސަމިޓު އިންތިޒާމު ކޮށްފައިވަނީ އިންޓަރ-ޕާލިމެންޓަރީ ޔޫނިއަން (އައި.ޕ.ޔޫ) އާއި ރައްޔިތުންގެ މަޖިލިސް ގުޅިގެންނެވެ. ސަމިޓު ކުރިއަށް ދާނީ އެކެއް ސެޕްޓެންބަރު ވާ އާދީއްތަ ދުވަހުން ފެށިގެން ދޭއް ސެޕްޓެންބަރު ގެ ނިޔަލަށް މާލޭގައެވެ.
ސަމިޓު ކުރިއަށް ދާއިރު ކުރީ އަހަރުތަކުގެ ނިންމުންތަކަށް ރިއާޔަތްކޮށް، ޤާނޫނު ހަދާ މަޖިލީހުގެ ރައީސުން ގުޅިވަޑައިގެން ދެމެހެއްޓެނިވި ތަރައްގީގެ ލަނދުދަނޑިތައް ހާޞިލުކުރެވޭނެ ގޮތްތަކާ މެދު މަޝްވާރާ ކުރެވޭނެއެވެ. ޤާނޫނު ހަދާ މަޖިލީހުގެ މޭންޑޭޓުގައި ހިމެނޭ ކަންކަމަށް ބަލާއިރު ޤާނޫނު ހެދުމާއި، މުއައްސަސާތަކުން މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބެލުމާއި އަދި ބަޖެޓުގެ ކަންކަން ފަހިކޮށްދިނުން ހިމެނެއެވެ. އެހެންކަމުން މިހާރު ޖީލަށާއި އަދި އަންނާން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ކުރިމަގެއް ކަށަވަރުކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ތަނަކީ ޤާނޫނު ހަދާ މަޖިލިސް ކަމުގައި އިންޓަރ-ޕާލިމެންޓަރީ ޔޫނިއަނުން އިން ހާމަކުރައްވައެވެ.
ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑި (އެސް.ޑީ.ޖީ) ޙާޞިލުކުރުމާ ގުޅޭ ގާނޫން ހަދާ މީޖިލިހުގެ ރައީސުންގެ ތިން ބައްދަލުވުމެއް މީގެ ކުރިން ވަނީ ބާއްވާފައެވެ. ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ 2016ވަނަ އަހަރު ބަނގްލަދޭޝްގެ ޖަތިޔާ ސަންގްސާދް ގައެވެ. ދެވަނަ ބައްދަލުވުން ބާއްވާފައިވަނީ 2017ވަނަ އަހަރު އިންޑިއާގެ ސަންސާދް ގައެވެ. އަދި 3ވަނަ ބައްދަލުވުން ބާއްވާފައިވަނީ 2018ވަނަ އަހަރު ސްރީ ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގައެވެ.
މާދަމާ ފެށޭ ސަމިޓުގައި އަފްޣާނިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ އިތުރުން ބަނގްލަދޭޝް، ބޫޓާން، އިންޑިއާ މިޔަންމަރ، ނޭޕާލް، ޕާކިސްތާން، ސްރީ ލަންކާ އަދި ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުން ބައިވެިރވެ ވަޑައިގަންނަވާނެއެވެ.