ދެކުނު އޭޝިއާގެ ޤާނޫނު ހަދާ މަޖިލީސް ތަކުގެ ރައީސުންގެ ހަތަރު ވަނަ ބައްދަލުވުން މިއަދު ރާއްޖޭގައި ފަށާނެ

ބަނގްލަދޭޝްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އޮނަރަބްލް ޑރ. ޝްރިން ޝާމިން ޗައުދަރީ ރާއްޖެ ވަޑައިގެންނެވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަރުޙަބާ ދަންނަވަނީ (ފޮޓޯ: ރައްޔިތުންގެ މަޖިލިސް)

ިންޓަރޕާލަމަންޓްރީ ޔޫނިއަން(އައިޕީޔޫ) ގެދެކުނު އޭޝިއާގެ ޤާނޫނު ހަދާ މަޖިލީސް ތަކުގެ ރައީސުންގެ ހަތަރު ވަނަ ބައްދަލުވުން މިއަދު ރާއްޖޭގައި ފަށާނެ އެވެ. މި ބައްދަލުވުމުގައި ދެކުނު އޭޝިއާގެ ހަ ޤައުމެއްގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ޤާނޫނު ހަދާ މަޖިލީސްތަކުގެ ރައީސުންގެ ބައްދްލުވުން ކުރިއަށް ގެންދެވުމަށް ހަމަޖައްސަވައިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. މިބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު މިއަދު ހެދުނު 10 ން 11 އަށް ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖައްސަވައިފައެވެ. ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ކުރީގެ ރައީސް މުޙައްމަދު ނަޝިދާއި އައިޕީޔޫގެ ސެކެރެޓަރީ ޖެނެރަލް މާޓީން ޗުންގުން ވާހަކަފުޅު ދައްކަވާނެއެވެ. އައިޕީޔޫގެ ދެކުނު އޭޝިޔާގެ މަޖިލީސްތަކުގެ ރައީސުންގެ ހަތަރުވަނަ ބައްދަލުވުމުގައި މިފަހަރު މަޝަވަރާ ކުރައްވާނީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމާ ބެހޭގޮތުންނެވެ.

ބައްދަލުވުމުގައި ފުރަތަމަ ބޭއްވުމަށް ހަމަޖައްސަވައިފައި ވަނީ ޕްލެނަރީ ސެޝަނެވެ. ފުރަތަމަ ސެޝަންގައި މަޝްވަރާ ކުރެއްވުމަށް ހަމަޖައްސަވައިފައިވަނީ މިދިޔަ އަހަރު ކޮލަމްބޯގައި ބޭއްވި އައިޕީޔޫ ބައްދަލުވުމުގެ ނިންމުންތަކާ ގުޅިގެން ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީސްތަކުން ކޮށްފައިވާ މަސައްކަތްތަކާ ބެހޭގޮތުންނެވެ. މިސެޝަންގެ ރިޔާސަތު ބަލަހަށްޓަވަނީ އައިޕީޔޫގެ ސެކްރެޓަރީ ޖެނަލް މާޓިން ޗުންގުން އެވެ.

މެންދުރުފަހު ކުރިއަށް ގެންދެވުމަށް ހަމަޖައްސަވައިފައިވާ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަ ކުރިއަށް ގެންދަވާ ސެޝަންގައި މަޝްވަރާ ކުރެއްވުމަށް ހަމަޖައްސަވައިފައިވަނީ ޤާނޫނުތައް އެކުލަވާލުމުގައި ޖިންސުގެ ތަފާތު ކުރުމެއްނެތި މަސައްކަތްތަކާއި ވަޒީފާތަކުގައި ޒުވާނުނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށްއިސްކަން ދިނުމާ ބެހޭގޮތުންނެވެ. އަދި މަސައްކަތާ އެށާނަ އުޖޫރަ ކަނޑައެޅުމާ ބެހޭގޮތުންނެވެ. މި މަޝްވަރާތައް މޮޑަރޭޓް ކޮށްދެއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. ޕެންލިސްޓުންގެ ތެރޭގައި ހިމެނި ވަޑައި ގަންނަވާ ބޭފުޅުންގެ ތެރޭގައި ސްޕްރީމްކޯޓްގެ ފަނޑިޔާރުކަން ދިނުމަށް މަޖިލީހުގެ ކޮމެޓީން ރުހުން ދެއްވައިފައިވާ މަދަނީ ކޯޓްގެ ކުރީގެ ފަނޑިޔާރު ޢާޢިޝަތު ޝުޖޫން މުޙައްމަދު ހިމެނި ވަޑައިގަންނަވައެވެ. މީގެ އިތުރުން ޔޫއެންޑިޕީގެ އެސިސްޓެންޓް ރެސިޑެންޓް ރެޕެރެޒެންޓެޓިވް ޢާޢިޝަތު ޒިރްނާ އާއި އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭ ޝަން(އައިއެލްއޯ) ގެ ދެކުނު އޭޝިއާގެ ޓެކްނިކަލް ސަޕޯރޓް ޓީމްގައި އިންޑިއާ ތަމްސީލް ކުރައްވާ ޖެންޑަރ ސްޕެސަލިސްޓް އަޔާ މަޓްސުއްރާ ވެސް ޕެނަލިސްޓްގައި ހިމެނި ވަޑައިގަންނަވާނެއެވެ.

ދެވަނަ ސެޝަންގައި މަޝްވަރާ ކުރެއްވުމަށް ހަމަޖައްސަވައިފައިވަނީ ނިއުޓްރިޝަންނާއި ފުޑްސެކިއުރިޓީއާ ބެހޭ ގޮތުންނެވެ. މި ސެޝަންގެ މޮޑަރޭޓްކަން ކޮށްދެއްވާނީ އައިޕީޔޫގެ ސެކްރެޓަރީ ޖެނެރަލް މާރޓިންނެވެ.

މާދަމާގެ މަޝްވަރާތައް ފެށުމަށް ހަމަޖައްސަވައިފައިވަނީ ،މޫސުމީ ބަދަލުތަކާއި ތިމާ ވެށްޓާ ބެހޭގޮތުންނެވެ. މިސެޝަން މޮޑަރޭޓް ކޮށްދެއްވާނީ ބަޤަލަދޭޝްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޝިރިން ޝާމިން ޗައުދަރީއެވެ. މިސެޝަންގެ ޕެނަލިސްޓުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ، އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުޤައްރިރު ހޯރަފުށީ ދާއިރާގެ މެމްބަރ އަޙްމަދު ސަލީމް ހިމެނިވަޑައިގަންނަވައެވެ.

މާދާމާ އިތުރަށް ކުރިއަށް ގެންދެވުމަށް ހަމަޖައްސަވައިފައިވާ މަސްވަރާ ތަކުގެ ތެރޭގައި ރާއްޖޭގައި ބޭއްވިގެންދާ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކާ ގުޅޭގޮތުން ނިންމުންތަކެއް ނިންމުމަށް މަޖިލީސް ތަކުގެ ރައިސުންގެ ޚިޔާލާއި މަޝްވަރާތައް ދެއްވުމަށް ބާއްވާ ވަށްމޭޒު ޖަލްސާ ހިމެނެއެވެ. މިބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާނީ އައިޕީޔޫގެ ސެކެރެޓަރީ ޖެނެރަލް އެވެ. މި މަޝްވަރާތަކަށްފަހު މާލޭގައި ބޭއްވޭ ބައްދަލުވުމުން ނިންމާ ނިންމުންތައް ނިންމުމަށް ބާއްވާ ސެޝަން ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖައްސަވައިފައެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބަލަހަށްޓަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙަމަދު ނަޝީދެވެ.

ބައްދަލުވުމުގެ ބައިވެރިންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްވާ ޖާފަތެއް މިރޭ ބަޑޮސްގައި އޮންނާނެއެވެ. މީގެ އިތުރުން ބައްދަލުވުން ނިނަމާލެއްވުމަށްފަހު، ބައިވެރިން އއ. ރަސްދުއަށް ޒިޔާރަތް ކުރުންވެސް ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.