
މާލެ ސިޓީ ފިޔަވައި ރާއްޖޭގެ ރަށެއްގައި ފުރަތަމަ ހުޅުވި ދުންފަތާ ދުރުކޮށްދޭ ކުލިނިކް ށ. ފުނަދޫގައި ރޭ ހުޅުވައިފިއެވެ.
މި ކުލިނިކް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީނެވެ. މިއީ ދުންފަތާ ދުރަށްދާން ބޭނުންވާ މީހުންނަށް އެފުރުސަތު ހޯދައިދީ އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުނަދޫ ހޮސްޕިޓަލުގައި ޅުވި ޚާއްސަ ކުލިނިކެއް ކަމަށް އެތަނުން ވިދާޅުވިއެވެ.
ފުނަދޫ ހޮސްޕިޓަލުން ވިދާޅުވީ ދުންފަތާ ދުރަށް ދިއުމަށް ބޭނުންވާ މީހުން އެ ކުލިނިކަށް އައުމުން އެމީހަކަށް ބޭނުންވާ ހުރިހާ އިރުޝާދަކާއި އެހެނިހެން ސަޕޯޓު އެތަނުން ފޯރުކޮށްދޭނެއެވެ.
މިނިސްޓަރ ޢަބްދުﷲ އަމީން ށ.އަތޮޅުގެ ގިނަ ރަށްރަށް ކުރައްވާ މިދަތުރުފުޅުގައިވަނީ ފުނަދޫ ހޮސްޕިޓަލުގެ "ކެވެނި ކެމްޕޭން" ވެސް އިފްތިތާހުކޮށް ދެއްވައިފައެވެ.
ހެލްތް މިނިސްޓަރ ޢަބްދުއްﷲ އަމީން ށ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ އަތޮޅުގެ ރަށްތަކުގެ ސިއްޙީ ޙާލަތު ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.