
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ރާއްޖެއިން ބޭރުގެ ޚާއްސަ ދެބޭފުޅަކާ ބައްދަލު ކުރައްވައިފި ކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފައިވަނީ ވެސްޓްމިންސްޓަރ ފައުންޑޭޝަން ފޮރ ޑިމޮކްރަސީގެ ކަންޓްރީ ރެޕްރެޒެންޓެޓިވްއާއި، އދ. ގެ ސްޕެޝަލް ރެޕޮޓުއަރ އިން ދަ ފީލްޑް އޮފް ކަލްކަޗަރަލް ރައިޓްސް ކަރީމާ ބެނޫންއާއެވެ.
މި ދެބައްދަލު ކުރެއްވުން ވެސް ބާއްވައިފައިވަނީ ރައްޔިތުންގެ މަޖިލީސްކުރާގޭގައި ވަކިވަކިން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ދެބައްދަލުކުރެއްވުމާބެހޭ އިތުރު މަޢުލޫމާތު އެނގިފައެއް ނުވެއެވެ.