
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ނ. ކެނދިކުޅުދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަޙްމަދު ޢީސާ ކޮންމެހެންވެސް ރައްޔިތުންގެ މަޖިލީހުގައި އިންނަވަން ބޭނުންފުޅާވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.
ކެނދިކުޅުދާގައި ބޭއްވި ޢީސަގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަޙުމަދޫ ޢީސާއަކީ ރިޔާސީ ވަޢުތައް ޤަބޫލު ކުރައްވާ އެވަޢުދުތައް ފުއްދެވުމަށް މަސައްކަތް ކުރައްވާނެ ބޭފުޅެއްކަން ކަށަވަރުވާ ކަމަށެވެ. މަޖިލީހަށް ހޮއްވަވަން ބޭނުންފުޅުވަނީ ވެސް އެފަދަ ބޭފުޅުން ކަމަށް ރައީސް ވިދާޅުވިއެވެ. "އަޙުމަދު ޢީސާއަކީ ރައްޔިތުންގެ މަޖިލީހުގައި އިންނަވަން އަޅުގަނޑު ކޮންމެހެން ބޭނުންވާ އެއްބޭފުޅެއް،" ރައީސް ވިދާޅުވިއެވެ. "އަޅުގަނޑަށް ހަމަ ޔަޤީން ޢީސަގެ ކޮންމެ ވަގުތަކާއި ކޮންމެދުވަހެއް ހޭދަކުރައްވާނީ އެ މަސައްކަތްތައް އަޅުގަނޑަށް ކޮށްދެއްވުމުގައި އެހީތެރިއެއްގެ ގޮތުގައި. އެއީ ޝައްކެއް އޮތްކަމެއްނޫން،" ރައީސް އިބްރާހީމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ އިސްލާޙީ މަސައްކަތް މިހާތަނަށް އައިރު ޢީސައަކީ އެއްވެސް ބަދަލެއް އަދި ތަފާތުކަމެއްނެތި ކުރަންޖެހުނު ކޮންމެ ކަމެއްގައި ފަސްޖެހުމެއްނެތި އެންމެކުރީ ސަފުގައި ހުންނަވާ ބޭފުޅެއް ކަމަށެވެ.