ފުވައްމުލަކާއި އައްޑޫ ސިޓީ ގައި އެމްޑަބްލިއުއެސްސީގެ ކަސްޓަމަރުން ހޭލުންތެރިކުރުވުމަށް ކެމްޕޭނެއް ފަށައިފި

މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ އިން ދެމުންގެންދާ ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށާއި ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ޚާއްޞަ ކެމްޕޭނެއް އައްޑޫ ސިޓީ އައްޑޫ ހުޅުދޫ ، އައްޑޫ މީދޫ އަދި ފުވައްމުލައް ސިޓީގައި ފަށައިފިއެވެ.

މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ އެމް.ޑަބްލިޔު.އެސް.ސީގެ ޚިދުމަތް ހޯދަމުންދާ އެންމެހާ ކަސްޓަމަރުން ކުންފުނީގެ ދަފްތަރުގައި ރަސްމީކޮށް ރަޖިސްޓްރީކުރުމާއި، ކަސްޓަމަރުންގެ  އެންމެ ފަހުގެ މަޢުލޫމާތަށް އަދާހަމަކުރުމަށް ބާރުއެޅުމެވެ.

މީގެއިތުރުން، ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، އެމް.ޑަބްލިޔު.އެސް.ސީގެ މޮބައިލް އެޕްލިކޭޝަން ބޭނުންކުރާނެ ގޮތުގެ ފުރިހަމަ މަޢުލޫމާތު މި ޙަރަކާތުގެ ތެރެއިން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ދެމުންދާ ޚިދުމަތްތަކާ ގުޅިގެން ކަސްޓަމަރުންގެ ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް ސީދާ ދެނެގަނެ، އެކަންކަމަށް އަވަސް ޙައްލުތަކެއް ހޯދައިދިނުމަކީވެސް މި ކެމްޕޭނުގެ މުހިންމު ބައެކެވެ.

މި ކެމްޕޭނުގެ ދަށުން ގޭގެޔަށް ޒިޔާރަތްކޮށް، ވީހާވެސް ގިނަ ރައްޔިތުންނަށް ފަސޭހައިން ރަޖިސްޓްރީވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި އައްޑޫ ސިޓީގެ އަވަށްތަކުގައާއި އައްޑޫ ހުޅުދޫ އައްޑޫ މީދޫ އަދި ފުވައްމުލައް ސިޓީގެ އެކި ސަރަޙައްދުތަކުގައި ޚާއްޞަ ރޯޑްޝޯތަކެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ތާވަލުކުރެވިފައެވެ.

  • އައްޑޫ ސިޓީ، އައްޑޫ ހުޅުދޫ، އައްޑޫ މީދޫ އަދި ފުވައްމުލައް ސިޓީގެ ކަސްޓަމަރުންގެ މަޢުލޫމާތު އަދާހަމަކުރުމަށް މި ލިންކުގައިވާ ފޯމު ފުރުއްވަން ވާނެ: https://mwsc.jotform.com/262923659270868
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް: 1575 ހޮޓްލައިން ނަންބަރަށް ގުޅުއްވާ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.