
ލަންޑަންގެ ގްލާސްގޯވ ގައި މިހާރު ޝޫޓުކުރަމުންދާ 83' ގެ ސްކޮޑާ ދީޕިކާ ޕަޑުކޯން ގުޅިއްޖެއެވެ. މި ފިލްމުގައި ދީޕިކާ ކުޅެނީ ކަޕިލް ދޭވް ގެ އަންހެނުން، ރޯމީ ބާޓިއާގެ ރޯލެވެ. ކަޕިލް ދޭވްގެ ރޯލު ކުޅެނީ ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގހެވެ. މިއީ ކައިވެންޏަށްފަހު ދީޕިކާ އާއި ރަންވީރު އެކުގައި ކުޅޭ ފުރަތަމް ފިލްމެވެ.
ފިލްމުގެ ސެޓުގައި ނަގާފައިވާ ފޮޓޯއެއް އިންސެޓްގްރާމުގައި ހިއްސާކުރަމުން ރަންވީރު ވަނީ "އަހަރެންގެ އަންހެނުންގެ ރޯލު ކުޅެން އަހަރެންގެ އަނބިމީހާއަށް ވުރެ ރަނގަޅު އެހެން މީހަކު ހުންނާނެތޯ ސުވާލުކޮށްފައެވެ.
83' އަކީ 1983ވަނަ އަހަރު ވެސްޓް އިންޑީޒްއާ ދެކޮޅަށް އިންޑިއާގެ ކްރިކެޓް ޓީމު ކުޅެ ހޯދި ކާމިޔާބު މެޗުގެ ތާރީޚީ އެކި އިވެންޓުތަކުގެ މައްޗަށް އުފައްދާ ފިލްމެކެވެ. އޭގެ އިތުރުން ޓީމުގެ ކެޕްޓަން ކަޕިލް ދޭވްގެ ދިރިއުޅުމުގެ ގިނަ ކަންތައްތަކެއް މި ފިލްމުން ފެންނާނެއެވެ. މިއީ ކުޅިވަރަށް ޚާއްޞަކޮށްގެން އިންޑިއާގައި އުފައްދާ އެންމެ ބޮޑު އެއް ފިލްމެވެ. ދަރްމަސާލާގައި ނަގަންޖެހޭ މަންޒަރުތައް ނެގުމަށްފަހު މިހާރު ކުރިއަށްދަނީ ލަންޑަންގައި ނަގަންޖެހޭ މަންޒަރުތަކުގެ ޝޫޓިން އެވެ. ލަންޑަންގައި ޝޫޓިން ކުރިއަށްދަނީއެ ތާރީޚީ މެޗު ކުޅުނު ޓީމުގެ ކެޕްޓަން ކަޕިލް ދޭވްގެ އިރުޝާދާއެކުއެވެ. މީގެ ކުރިންވެސް ރަންވީރު ވަނީ ކަޕިލް ދޭވް އަދި ވެސްޓް އިންޑީޒާ ދެކޮޅަށް ކުޅުނު ޓީމުގެ ކުޅުންތެރީންނާއެކު ލަންޑަންގައި ކްރިކެޓުގެ ތަމްރީނު ތަކުގައި ބައިވެރިވެފައެވެ.
83' ގެ ޑައިރެކްޓަރަކީ ކަބީރް ޚާން އެވެ. 2020ވަނަ އަހަރުގެ އޭޕްރިޅް މަހު ސިނަމާގައި އެޅުވުމަށް ތާވަލުކުރެވިފައިވާ މި ފިލްމަށް ހިންދީ، ތަމަޅަ، އަދި ތެލުގޫ ބަހުން އަޑު އަޅާނެއެވެ. މިއީ ކަބީރް އާއި ރަންވީރުގެ ފިލްމުގެ ތަކުގެ ތެރެއިން ތިން ބަހުން އަޑު އަޅައިގެން ނެރޭ ފުރަތަމަ ފިލްމެވެ.