ނާސްތާ ޕްރޮގްރާމުގެ ސަބަބުން އިޙުތިރާމް ކުރަން ވެސް ދަސްވެގެންދާނެ: ނާއިބު ރައީސް

މިއަދު ރަސްމީ ގޮތުން ފެށި ސްކޫލްތަކުގެ ނާސްތާ ޕްރޮގްރާމަކީ ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބެ ރަނގަޅު ނަތީޖާތަކެއް ހޯދުމަށް ލިބިގެންދިޔަ ފަހި ފުރުސަތެއް ކަމަށް ރާއްޖޭގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ތާޖުއްދީނު ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ މިއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަރަށް ބޮޑަށް އިސްކަމެއް ދެއްވާ ޕްރޮގްރާމެއް ކަމަށެވެ.

ދަރިވަރުންގެ ކިޔެވުން ހެނދުނު ފަށައިގަންނައިރު ކުދިންގެ ސިކުނޑިތައް ހުޅުވެންޖެހޭކަމަށާއި ފިލާވަޅުތަކަށް ރަނގަޅަށް ސަމާލުކަންދެވި، މުޅި ދުވަހު ކިޔެވުން ކުރިޔަށްގެންދެވޭ ވަރަށް ކުދިން ތައްޔާރުވާންޖެހޭކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި ފަދަ ޕްރޮގްރާމަކުން ހަމައެކަނި ލިބިގެންދަނީ ނާސްތާކުރުމުގެ ފުރުޞަތު އެކަނި ނޫންކަމަށާއި، އުނގެނުމުގެ ތެރެއިން ދަސްކުރަންޖެހޭ ބައެއްކަންތައްތަކުގެ ތެރޭގައި ހިމެނޭ، އިޙްތިރާމު ކުރުމާއި، އެހެންމީހުންގެ ޙައްޤުތައް ދެނެގަނެ ރަނގަޅު ނަތީޖާއަކާ ހަމައަށް ވާސިލުވުމަށް މަސައްކަތްކުރުންފަދަ އެތައްކަމެއް ދަސްކުރުމުގެ ފުރުޞަތު މި ޕްރޮގްރާމްގެ ތެރެއިން ލިބިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.