ހުރިހާ ސްކޫލެއްގައި ނާސްތާ ދޭން ފަށައިފި

ނާސްތާ ޕްރޮގްރާމް ހުރިހާ ސްކޫލެއްގައި އިފްތިތާހު ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ސްކޫލްތައް ހަދާފައި ހުންނަނީ ވެސް ދަރިވަރުންނަށް ސްކޫލުގައި ސިއްޙަތަށް ރަނގަޅު ކާނާ ކެވޭނެ ރަނގަޅު އިންތިޒާމްތައް ޤާއިމުކޮށްގެންނެވެ. މިހާރު ރާއްޖޭގެ ސްކޫލްތަކުގައި މި އިންތިޒާމް އެންމެ ފުރިހަމަގޮތުގައި ނެތް ނަމަވެސް އަލަށް ހަދާ ސްކޫލުތައް މިގޮތަށް ފަރުމާ ކުރުމަކީ މިނިސްޓްރީގެ އަމާޒެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ސަރުކާރުން ހިންގަވާ ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ފެށިގެންދާއިރު މި ޚިދުމަތްދޭ ފަރާތްތަކުން ކާތަކެތި ތައްޔާރުކުރާ ތަނަކީ އެޗްޕީއޭ ނުވަތަ ރަށްރަށުގައިނަމަ ހެލްތް ސެންޓަރުން ހުއްދަ ލިބިފައިވާ ސާފުތާހިރު ތަނެއްތޯ ވަނީ ކަށަވަރުކޮށްފައެވެ.

ޕައިލެޓް ޕްރޮގްރާމް ކުރިއަށް ގެންދެވުނީ 10 މެނޫއާއެކުގައެވެ. އެހެން ނަމަވެސް ހުރިހާ ސްކޫލެއްގައި މި ޕްރޮގްރާމް އިފްތިތާހް ކުރެވުމުން މިހާރު މި ޕްރޮގްރާމްގައި 17 މެނޫއެއް ހިމެނޭނެއެވެ. ކުލާހެއްގައި 30 ކުދިން ތިބޭ ނަމަ ނިސްބަތުން ކޮންމެ 10 ކުއްޖަކަށް އައިޓަމެއް ހިމެނޭގޮތަށް ތަފާތު އައިޓަމްތައް ހިމެނޭ 3 މެނޫއެއް ކޮންމެ ދުވަހަކަށްވެސް ކަނޑައެޅިފައިވެއެވެ. މި މެނޫތައް ތައްޔާރުކޮށްފައިވަނީ ޔުނިސެފްގެ އެހީތެރިކަމާއެކު ޑައިޓީޝަނުންގެ ލަފައާއި މަޝްވަރާއާއެކު ސިއްޙަތައް އެންމެ ފައިދާހުރި ކާނާ ބަލައިގެން ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ސްކޫލްދަރިވަރުންނަށް ނާސްތާ ދިނުމަށް 2019ވަނަ އަހަރުގެ ބަޖެޓުގައި 123 މިލިއަން ރުފިޔާވަނީ ކަނޑައަޅުއްވާފައެވެ. އަދި އެޑިއުކޭޝަން ދާއިރާއަކީ މި ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރާ ދާއިރާ ކަމަށް ވެސް އެޑިޔުކޭޝަނުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.