
ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުމާއެކު ދަރިވަރުންނަށް ދޭ ހެނދުނުގެ ނާސްތާ ޕްރޮގްރާމް މިއަދު ޕައިލެޓް ކުރަން ފަށައިފިއެވެ. މި ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތު އޮތީ އާދީއްތަ ދުވަހު ހެނދުނު އަމީނިއްޔާ ސްކޫލްގައެވެ.
ތަޖުރިބާ ކުރުމުގެ ގޮތުން މާލޭގެ ފަސް ސްކޫލެއް ހިމެނޭ ގޮތަށް މި ޕްރޮގްރާމް މުޅިއެކު 25 ސްކޫލެއްގައި މިއަދު ފަށާނެއެވެ. އަދި މި ޓާމުގައި ކުރެވޭ ތަޖުރިބާގެ އަލީގައި މިއަންނަ ޓާމުގައި ރާއްޖޭގެ ހުރިހާ ސުްކޫލެއްެގެ ދަރިވަރުންނަށް ޕްރޮގްރާމް ފުޅާކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ.

ނާސްތާ ޕްރޮގްރާމަކީ ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙްގެ ފުރަތަމަ 10 ދުވަހުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.