މޯދީ ތަގުރީރު ކުރައްވާނީ މަޣުރިބު ނަމާދަށްފަހު

ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގަންނަވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާނީ މަޣުރިބު ނަމާދު ކުރުމުގެ ވަގުތު މެމްބަރުންނަށް ދެއްވުމަށްފަހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ކުރިން ހަމަޖެހިފައިވަނީ މަޣުރިބު ނަމާދާ ކައިރިވަގުތެއްގައި މޯދީ ތަޤުރީރު ކުރައްވާ ގޮތަށެވެ. އެކަމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. މޯދީގެ ޝެޑިއުލަށް ބަދަލު ގެންނެވީ މެމްބަރުންނަށް މަޣުރިބު ނަމާދަށް ވަގުތު ދެއްވުގެ ގޮތުން ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. މި ބަދަލާއެކު މަޣުރިބު ނަމާދު ކުރުމުގެ ވަގުތު މެމްބަރުންނަށް ލިގެންދާނެއެވެ.

މޯދީ ރާއްޖެ ވަޑައިގަންނަވާނީ ހޮނިހިރު ދުވަހު ހަވީރުއެވެ. މި ދަތުރުފުޅުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމާއި މުހިން މަޝްރޫޢުތަކެއް އިފްތިތާހު ކޮށްދެއްވާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިއީ މޯދީ ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.