ފަނޑިޔާރެއްގެ ސްލޫކީ މައްސަލައަކާއި މީޑިއާއަށް މަޢުލޫމާތު ހާމަކުރުމުގެ މައްސަލައެއް މަޖިލީހުގެ ރައީސް ޖޭއެސްސީ އަށް ފޮނުއްވައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސްލޫކީ މިންގަނޑާ ޚިލާފުވެފައިވާ ފަނޑިޔާރެއްގެ މައްސަލައާއި މީޑިއާއަށް މަޢުލޫމާތު ހާމަކުރުމުގެ މައްސަލައެއް އެޖެންޑާކޮށް ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޖޫޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީއަށް) ފޮނުއްވައިފިއެވެ.

މިކަން ހާމަކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީންޢާންމު އައިމިނަތު ނިއުޝާ އެވެ. އޭނާ ވީދާޅުވީ ޖޭއެސްސީން މީޑިއާއަށް މަޢުލޫމާތު ހާމަކުރުމަށް ހުށަހެޅި މައްސަލައިގައި ހިމެނެނީ އެކޮމިޝަނަށް މިހާތަނަށް ހުށަހެޅިފައިވާ މައްސަލަތަކާއި ކޮމެޝިނުން ނިންމުމެއް ނިންމައިފައިވާ ނުވާ މައްސަލަތަކާއި އެމައްސަލަތައް މިހާރު ގޮސްފައިވާ ހިސާބު އެނގޭނެގޮތަށް މީޑިއާއަށް ހާމަކުރުމެވެ. އަދި ކޮމިޝަންގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު ޤަވާއިދުން މީޑިއާއަށް ހާމަކުރުންވެސް ހިމެނެއެވެ.

މަޖިލީހުން ޓުވީޓުކުރައްވައިފައިވާ ގޮތުގައި ސްލޫކީ މައްސަލައެއްގައި ތުހުމަތުކުރެވޭ ބޭފުޅަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީއެވެ. 

އެމްޑީޕީން މަޖިލީހުގައި ކުރައްވާނެ އެންމެ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ ޝަރުޢީ ނިޒާމު ހަރުދަނާކުރުމުގެ މައްސައްކަތްތައް ހިމެނެއެވެ.

މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާނެއެވެ. އަދި މަޖިލީހުގެ މެމްބަރެއްގެ ޙައިޞިއްޔަތުން ޖޭއެސްސީއަށް ކަނޑައަޅުއްވައިފައި ވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުޞައިންނެވެ. އެއީ ވެސް އެމްޑީޕީގެ މެންބަރެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.