
ބޮލީވުޑްގެ ތަރި އަރުޖުން ރާމްޕަލް އާއި އޭނާގެ ބައިވެިރިޔާ ގެބްރިއޭލާ ޑިމެޓްރިއޭޑިސް އަށް ދަރިޔަކު ލިބެން އުޅޭ ކަން އަރުުޖުން ހާމަކޮށްފިއެވެ. އަރުޖުން މި ޚަބަރު އާއްމުކޮށްފައިވަނީ އަންގާރަ ދުވަހު އޭނާގެ އިންސްޓެގްރާމްގައި ހިއްސާކުރި ފޮޓޯ އަކާ އެކު އެވެ. މި ފޮޓޯގައި ވަނީ އޭނާ އާއި އޭނާގެ ބައިވެރިޔާ އެވެ. އޭނާގެ ބައިވެރިޔާ ވެސް ވަނީ އިންސްޓެގްރާމްގައި އެ ފޮޓޯ ޝެއަރ ކޮށްފައެވެ.
އަރުޖުން އާއި އޭނާގެ ކުރީގެ އަންހެނުން މެހެރް ޖޭސިއާ ގެ ކައިވެނި ރޫޅިފައިވަނީ 2018ވަނަ އަހަރުގެ މޭ މަހު އެވެ. މެހެރް އާއި އަރުޖުންގެ 20 އަހަރުވީ ކައިވެންޏަށް ދެ އަންހެން ކުދީންް ލިބިފައިވެއެވެ.