މުމްބާއީގެ މަގުމަތީގައި 'ސުއި ދާގަ' ގެ މަންޒަރުތަކެއް ނަގައިފި

އަނުޝްކާ ޝަރްމާ އާއި ވަރުން ދަވަން މިހާރު މަސައްކަތް ކުރަމުންދާ ފިލްމު، 'ސުއި ދާގަ' ގެ އާ ފޮޓޯތަކެއް އިންޓަނެޓުގައި ދައުރުވާން ފަށައިފިއެވެ. އެ ފޮޓޯތަކުގައި އަނުޝްކާ އާއި ވަރުން ފިލްމުގެ މަންޒަރުތަކެއް ނަގަމުން ދިޔައީ މުމްބާއީގެ އެއާޕޯޓު ސަރަހައްދުގައި މަގުމަތީގައެވެ.

 މި ފިލްމުގައި ވަރުން ކުޅެނީ ފަހާ މީހެއްގެ ބައެވެ. އަނުޝްކާ އަކީ ޖަރީ ކުރާ މީހެކެވެ. އިންޓަނެޓުގައި ދައުރުވާ ފޮޓޯ ތަކުގައި އަނުޝްކާ ހުންނަނީ ހުދާއި ފިޔާތޮށި ކުލައިގެ ސާޅީއެއްގައެވެ. ވަރުން ފެންނަނީ ގޮޅިޖެހި ގަމީހަކާއި ނޫ ކުލައިގެ ފަޓްލޫނެކެވެ. އަނުޝްކާ އަކީ މަމްތާ އެވެ. ވަރުން އަކީ މައުޖީ އެވެ.

'ސުއި ދާގަ' އަކީ ޔާޝްރާޖް އިން އުފައްދާ ފިލްމެކެވެ. މިއީ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ 'މޭކް އިން އިންޑިއާ' ކެމްޕޭނާއި ގުޅީފައިވާ ޕްރޮޖެކްޓެއް ކަމަށްވެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.