
ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖައްސަވައިފިއެވެ. އެދުވަސްތަކުގެ ރަސްމީ ގަޑީގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ހެނދުނު 9:00 އިން މެންދުރުފަހުގެ 1:00 އަށެވެ.
ރަސްމީ ގަޑި ހަމަޖެއްސެވުމާއި ގުޅިގެން ސަރުކާރުގެ އިދާރާތަކުން ރަސްމީ ގަޑިއަށް ފައްތަވައިގެން މަސައްކަތްތައް ރޭއްވެވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުގެ ދެންނެވުމުގައި ފާހަގަކުރައްވާފައި ވެއެވެ.