އިދިކޮޅު ޕާޓީތަކަށް އިންތިޚާބުގައި ލިބިފައިވަނީ ފަންސާސް ހަތް ހާސް ވޯޓު

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިދިކޮޅު ތިންޕާޓީއަށް ލިބިފައިވަނީ 57000 ވޯޓު ކަމަށް އިންތިޚާބުގެ ދާއިމީ ނަތީޖާއިން ދައްކައިފިއެވެ.

ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީން ވަނީ  96،347 ވޯޓު ހޯދައި 65 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަރމެޖޯރިޓީ ހޯދައިފައެވެ. އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 264،442 މީހުންގެ ތެރެއިން 212،079 މީހުން ވަނީ ވޯޓުލައިފައެވެ.

ޖުމްހޫރީ ޕާޓީއ5 ގޮނޑި ވަނީ ކާމިޔާބު ވެފައެވެ. އެއީ 23،590 ވޯޓުންނެވެ. ޕީޕީއެމަށް ވެސް ކާމިޔާބުވެފައިވަނީ ފަސް ގޮނޑިއެވެ. އެއީ 19،599 ވޯޓެވެ. ޕީއެންސީއަށް 13،924 ވޯޓާއެކު ކާމިޔާބު ކުރެވިފައިވަނީ ތިންގޮޑިއެވެ. އެމްޑީއޭއަށް ދެ ގޮނޑި ކާމިޔާބު ކުރެވިފައިވަނީ  6،111 ވޯޓުންނެވެ.

އެމްޑީޕީ ފިޔަވައި އެންމެގިނަ ވޯޓާއި ގޮނޑި ކާމިޔާބުކުރެއްވީ އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރި މެމްބަރުންނެވެ. އަމިއްލަގޮތުން 7 މެމްބަރަކު ވަނީ ގޮނޑި ކާމިޔާބު ކުރައްވައިފައެވެ. އެ ގޮނޑިތައް ކާމިޔާބު ކުރައްވައިފައިވަނީ 45،403 ވޯޓް ހޯދައިގެންނެވެ.

މި ޢަދަދަށް ބަލާއި އެމްޑީޕީއަށް ވުރެ ގިނަ ވޯޓު ހޯދައިފައިވަނީ އިދިކޮޅު ޕާޓީތަކާއި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނެވެ. އެ ފަރާތްތަކުން ވަނީ 102،403 ވޯޓު ހޯދައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.