އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަން ކުރެއްވުމަށް 12 ބޭފުޅެއްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން ވަނީ އެސިޓީ މަޖިލީހުގެ ތަޅުމަށް އިއްވައިފައެވެ. އޭސީސީ އަށް މެމްބަރުން އައްޔަން ކުރެއްވުމަށް އެދި ރައީސުލްޖުމްހޫރީއްޔާ ފޮނުއްވި ސިޓީފުޅުގައި ވަނީ އެ ކޮމިޝަންގެ މެމްބަރަކު މި މަހު ތިންވަނަ ދުވަހު އިސްތިއުފާ ދެއްވައިފައިވުމާއި ބާކީ ތިއްބެވި ހަތަރު މެމްބަރުންގެ މެމްބަރުކަމުގެ މުއްދަތު ސެޕްޓެމްޓަރ ނުވައެއް ގައި ހަމަވާ ކަމުގައެވެ.
މަޖިލީހަށް ފޮނުއްވައިފައިވަނީ އެ ކޮމިޝަނަށް ކުރިމަތި ލުމަށް އާއްމުކޮށް އިޢުލާން ކުރެއްވުމުން އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ 12 ބޭފުޅުންގެ ނަންފުޅެވެ. އަދި އެ ބޭފުޅުންގެ ވަނަވަރު ވެސް ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ. މަޖިލީހަށް ނަންފުޅުތައް އިއްވެވުމަށް ފަހު އެ ނަންފުޅުތައް ދިރާސާ ކޮށް އޭސީސި އަށް މެމްބަރުން އައްޔަން ކުރުމުގެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ވަނީ ފޮނުއްވައިފައެވެ. އޭސިސީ އަށް އައްޔަންކުރަން ޖެހެނީ ފަސް މެމްބަރުންނެވެ.
ރައީސުލް ޖޫމްހޫރިއްޔާ ނަންފުޅު ފޮނުއްވި 12 ބޭފުޅުންނަކީ :
1 ފާތުމަތު އަނޫލާ ގ ވަޑިނޮޅުގެ
2 އާރިފް ރަޝީދު / ބާރޑްވިލާ / ބ ތުޅާދޫ
3 ޒީނިޔާ ޢަބްދުﷲ / މަދޮށިމާގެ / ހއ. ބާރަށް
4 އިބްރާހީމް ޝަކީލް / ދަފްތަރު ނަމްބަރ 3654
5 އާޢިޝަތު ޢަބްދުﷲ / ރޯލްގޯލްގެ / ޅ. ހިންނަވަރު
6 މަރިޔަމް ޝިއުނާ / ނެދުންގެ / ސ، ހިތަދޫ
7 މުޖްޠަބާ ހަމީދު / ދީފްރޮމްގެ / ރ، ކަދޮނޅުދޫ
8 ޢަލީ އަޝްރަފް / ދަފްތަރު ނަމްބަރ 3366
9 މަރްޔަމް އަޙްމަދު / ގ ޓްރަސްޓް ހޯމް
10 ނިޔާޒް އިބްރާހީމް ބްރޫމް / ގދ. ތިނަދޫ
11 ޢަބްދުﷲ މިޒްޢާން / ރަތްވިލާގެ / ފ، މަގޫދޫ
12 އާދަމް ޝާމިލް /ރަތްވިލާގެ / ތ. ވިލުފުށި
މި ނަންފުޅު ތަކާއެކު ބަކީ ހުރި ނަންފުޅުތައްވެސް، މަޖިލީހުގެ މަޢުލޫމާތަށްޓަކައި ރައީސުލްޖުމްހޫރިޔާ ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.