
ރޭ ފަތިހު ފުވައްމުލަކު ސިޓީގައި ކުއްޖެއްގެ ބޮލަށާއި އަތަށް ތޫނު އެއްޗަކުން ޙަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
މިހާރު އޭނާއަށް ގެންދަނީ ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭނާގެ ޙާލު ސީރިއަސް ނޫންކަމަށް ވިދާޅުވެފައިވެއެވެ. ޢުމުރުން 17 އަހަރުގެ އެ ފިރިހެން ކުއްޖާއަށް ޙަމަލާ ދީފައިވަނީ ރޭ ފަތިހު 5:50 އެހައިކަންހާއިރު ފުވައްމުލައް ސިޓީގެ މާދަނޑު ގެސްޓްހައުސްއެއްގެ ކުރިމަތީގައި ކަމަށެވެ.
މި ކަމާ ގުޅިގެން އަދި މީހަކު ބަންދު ކޮށްފައެއް ނުވެއެވެ. ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ.