ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރައްވަމުން އައި ސިޔާސަތުތައް އުވާލައްވައި އާ ސިޔާސަތުތަކެއް ކަނޑައަޅުއްވައިފި

ފޮޓޯ: ރަޢިސް އޮފީސް

2008ވަނަ އަހަރުން ފެށިގެން ޖިނާއީ މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލް ޢަމަލުުކުރައްވާނެ ކަމަށް ގާނޫނު އަސާސީ ގައި ކަނޑައަޅައި އާއްމުކޮށްފައިވާ ސިޔާސަތުތައް މިއަދުން ފެށިގެން އުވާލައްވައިފިއެވެ. މި ސިޔާސަތުތައް އުވާލައްވާފައިވަނީ އެފަދަ މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލް އަމަލުކުރައްވާނެ މައިގަނޑު ސިޔާސަތުތައް ގާނޫނު އަސާސީގެ ދަށުން ބަންޑާރަނައިބު  އަލްއުސްތާޒު އިބްރާހީމް ރިފްޢަތް ހޯމަ ދުވަހު ކަނޑައެޅުއްވުމުންނެވެ. ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ހާމަކުރައްވާފައިވާ ގޮތުގައި އާ ސިޔާސަތުތައް ކަނޑައަޅުއްވައި އެކަން މިއަދު ޕްރޮސެކިއުޓަރ ޖެެނެރަލް އަށް އަންގަވާފައެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ހާމަކުރައްވާ ގޮތުގައި އާ ސިޔާތުތައް ކަނޑައެޅުއްވުމުގެ މައިގަނޑު މަޤްޞަދަކީ "ޖިނާއީ ޢަދުލުގެ ނިޒާމު ބައްޓަންކުރެވިފައިވަނީ ކުށްކުރުން ހުއްޓުވުމާއި ކުށްކުރާ ފަރާތްތތައް ޒިއްމާދާރުކުރެވި އެފަރާތްތަކުގެ ކިބައިން މުޖްތަމަޢު ރައްކާތެރިކޮށްދިނުމުގެ މަޤްޞަދް ޙާޞިލުކުރެވިގެންދާއިރު، އެކަން ކުރެވުނީ ކުުށުގެ ތުހުމަތު ކުރެވެިފައިވާ ފަރާތްތައް ޤާނޫންން ލިބިދޭ ރައްކާތެރިކަން އެފަރާތްތަކަށް ލިބިދިނުމާއެކު، ޤާނޫނުގައި ބަޔާންކޮށްފައިވާ އެޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން ކަށަވަރު ކުރުމަށް ބާރު އެޅުއްވުމަށެވެ."

އާ ޤާނޫނު އަސާސީއާއެކު 2008ވަނަ އަހަރު ޢާއްމުކުރެވުނު ސިޔާސަތުތައް ބިނާވެފައި އޮތީ ކުށުގެ ބާވަތަށް ބިނާކޮށް އާއްމު އުޞޫލެއްގެ ގޮތުން ދަޢުވާކުރެވެންވާނެ ބާވަތުގެ މައްސަލަތަކެއް ފާހަގަކުރެއްވުމަށެވެ. ނަމަވެސް މިއަދު އާއްމުކުރެއްވި ސިޔާސަތުތަކަކީ ޖިނާއީ ކުށުގެ ދަޢުވާ ކުރެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް ލިބިދޭ ބާރުތައް ބޭނުކުރެއްވުމުގައި އޭނާ އިސްކަން ދެއްވާންވީ ބާވަތުގެ މައްސަލަތައް ކަނޑައެޅުއްވުމަށް ބުރަވެވަޑައިގަތުމުގެ ބަދަލުގައި، ބާރުތައް ބޭނުންކުރައްވަނީ ވަކި ފަރާތަކަށް ބުރަވެވަޑައިނުގެން، ޤާނޫނުގައި ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މެތީން ކަން ކަށަވަރު ކުރެވޭނެ ގޮތަށް ކަމަށް ވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރައްވައެވެ.

މިއަދު ކަނޑައެޅުއްވި މައިގަނޑު ސިޔާސަތުތަަކަކީ ދަޢުވާ ކުރުމާއި ނުކޮށް ދޫކޮށްލުމާއި ދަޢުވާ މުރާޖަޢާ ކުރުމާއި، ތަޙްޤީޤު ކުރުމާއި ބަންދުގައި ބެހެއްޓުމާއި، އަދަބު ކަނޑައެޅުމާއި އިސްތިއުނާފު ކުރެއްވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ޢަމަލުކުރައްވާންވީ ސިޔާސަތުތަކެވެ.

އާ ސިޔާސަތުކުގެ ތަފްޞީލު މި ލިންކުގައި  

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.