
ގާނޫނު އަސާސީގައިވާ ގޮތަށް ފަނޑިޔާރުން ޖަވާބުދާރީކޮށް، ފާރަވެރިވެގެން މެނުވީ އިންސާފު ގާއިމުވެއްޖެކަމުގެ އިހުސާސް ނުުކުރެވޭނެ ކަމުގައި ބަންޑާރަ ނާއިބު އަލްއުސްތާޒު އިބްރާހީމް ރިފްޢަތު ވިދާޅުވެއްޖެއެވެ. ރިފްޢަތު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
"ޤާނޫނު އަސާސީގައި ވަނީ ދައުލަތުގެ ބާރުތަކުގެ އިންތައް ސާފުކޮށް ބަޔާންކޮށްދީފައި. ޢަދުލު އިންސާފުގެ ބާރު/ސުޕްރީމް ކޯޓު ވެސް ހިނގަންވާނީ އިންސާފުގެ މަގުން" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޤާނޫނުއަސާސީގައިވަނީ ދައުލަތުގެ ބާރުތަކުގެ އިންތައް ސާފުކޮށްބަޔާންކޮށްދީފަ. ޢަދުލުއިންޞާފުގެ ބާރު/ސުޕްރީމް ކޯޓުވެސް ހިނގަންވާނީ އިންޞާފުގެ މަގުން. ޤާނޫނުއަސާސީގައިވާ ގޮތަށް ފަނޑިޔާރުން ޖަވާބުދާރީކޮށް، ފާރަވެރިވެގެން މެނުވީ އިންޞާފު ޤާއިމުވެއްޖެކަމުގެ އިޚްސާސެއް ނުކުރެވޭނެ.
— I.Riffath (@ibriffath) June 17, 2019
ސުޕްރީމް ކޯޓުން ޖޭއެސްސީގެ ގާނޫނީ އަދި ދުސްތޫރީ ވާޖިބަށް ހުރަސް އެޅޭ ގޮތަށް ކަންކަން ކުރަމުންދާކަމަށް މަޖިލީހުގެ ޖުޑީރީ ކޮމިޓީގައި ވާހަަކަދައްކަވަމުން ބުރާސްފަތި ދުވަހުގެރޭ ބަންޑާރަނާއިބު ވަނީ ވިދާޅުވެފައެވެ. ގާނޫނު އިސްލާހުކޮށްގެން ވިޔަސް ސުޕްރީމް ކޯޓުގެ ނުފޫޒުން ޖުޑީޝަރީ މިނިވަންކޮށްދެއްވުމަށް މަޖިލީހުގައި އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ދައުލަތުގެ ބަންޑާރަނާއިބަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވެސް މެންބަރެކެވެ.