އުމުރުން ދުވަސްވީ މީހުންނާ އެކު މެގަން ވަގުތުކޮޅެއް ހޭދަކުރައްވައިފި

އިނގިރޭސި ވަލީއަޙުދް ޕްރިންސް ހެރީގެ އަނބަކަނބަލުން މެގަން މާކެލް މީޑިއާ އާއި ދުރުގައި ދުވަސްކޮޅަކު އުޅުއްވުމަށްފަހު މިއަދު ޢުމުރުން ދުވަސްވީ މީހުންނާ އެކު ވަގުތުކޮޅެއް ހޭދަކުރައްވައިފިއެވެ. ލަންޑަންގައި ހުންނަ ބްރިންސްވޯތް ހައުސް އަށް ޒިޔާރަތްކުރައްވައި އެކަމަނާ ވަނީ މިއަދު ބައެއް ޙަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.  

މެގަންގެ ޒިޔާރަތް ވަރަށް ޚާއްޞަވެ ސޯޝަލްމީޑިއާގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އޭގެ އެއް ސަބަބަކީ ބްރިންސްވޯތް ހައުސްގައި ދިރިއުޅޭ މީހަކާ އެކު ހިނގި މުއާމަލާތެވެ. ސޯޝަލްމީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯތަކުގެ ތެރެއިން އެއް ވީޑިއޯގައި އާލާސްވެ އިންނެވީތީ 'ވަރަށް ބޮޑަށް އާލާސްވެ" އިންނެވިކަމަށް ވިދާޅުވެ ހިނިފުޅު ވަޑުވާ މަންޒަރު ފެނެއެވެ. އަދި އެތަނުގައި ދިރިއުޅޭ މީހެއް ގާތު ދަރީން ތިބިތޯ ސުވާލުކުރައްވައެވެ. އެމީހާ ޖަވާބުގައި ބުނީ ދަރީން ހޮދުމުގެ ބަދަލުގައި ވަޒީފާއެއް ޚިޔާރު ކުރި ވާހަކައެވެ. އެވާހަކައަށް މެގަން ވިދާޅުވީ އެކަމަނާ އަށް އެކަން ވިސްނިވަޑައިގަންނަވާ ކަމަށެވެ. އެކަމަނާ އަކީ ވެސް ޕްރިންސް ހެރީ އާއި ކާވެނި ބައްލަވައިގަތުމުގެ ކުރީން މޮޑެލް އެކެވެ. އަދި ފިލްމީ ތަރިއެކެވެ.

ދެވަނަ ސަބަބަކީ މިއީ އާލާސްވެ އިންނެވި ފަހުން ބޮޑު ބްރޭކަކަށް ފަހު ޕަަޕަރާޒީންނަށް މެގަން ފެނުނު ފުރަތަމަ ފަހަރެވެ. މިއަދުގެ ފޮޓޯތައް ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މިހާރު ދަނީ ދައުރުވަމުންނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.