ޕްރިންސް ހެރީ އާއި މެގަންގެ ފުރަތަމަ ޝާހީ ދަތުރުފުޅު ފަށްޓަވައިފި

އިނގިރޭސި ވިލާތުގެ ވަލީ އަހުދް ޕްރިންސް ހެރީ އާއި އަނބިކަނބަލުން މެގަން އޮސްޓްރޭލިއާ އަށް ދަތުރުފުޅު ފަށްޓަވައިފިއެވެ. އޮސްޓްރޭލިއާ ދަތުރުފުޅު ފެށްޓެވުމުގެ ގަޑިއިރުތަކެއް ކުރީން ޝާހި ގަނޑުވަރުން ވަނީ މެގަން ފުރަތަމަ ދަރިފުޅަށް ބަލިވެއިން ކަން ހާމަކުރައްވާފައެވެ. ހޯމަ ދުވަހު ފެށްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކީ އޮސްޓްރޭލިއާ ކަމަށް ވިޔަސް މި ދަތުރުފުޅުގައި މި ދެ ބޭފުޅުން ފިޖީ، ދަ ކިންގްޑަމް އޮފް ޓޮންގާ، އަދި ނިއުޒިލޭންޑަށް ވަޑައިގަންނަވާނެއެވެ.

މިދަތުރުފުޅުގައި އޮސްޓްރޭލިއާގައި މދެބޭފުޅުން 6 ދުވަސް ހޭދަ ކުރައްވާނެއެވެ. މިއަދު ސިޑްނީގައި ޝާހީ ރަސްމީ ހަރަކާތްތައް ފެށްޓެވީ އިޑްނީގެ އޮޕެރާ ހައުސް އިންނެވެ. އޮޕެރާ ހައުސްގައި ހެރީ އާއި މެގަންގެ އިސްތިގުބާލުގައި ގިނަ ބަޔަކު ތިއްބެވެ. ނަމަވެސް ދެބޭފުޅުން ސަމާލުކަން އެންމެ ބޮޑަށް ލިބުނީ އުމުރުނ 98 އަހަރުގެ އަންހެނަކަށެވެ. މިއީ އެ އަންހެން މީހާ އާއި ހެރީ އާއި ބައްދަލުވި ތިން ވަނަ ފަހަރެވެ. ހެރީ ވަނީ މިއަދު އޭނާގެ އަނބިކަނބަލުން މެގަން މި އަންހެން މީހާ އަށް ތާއާރަފް ކޮށްދެއްވާފައެވެ. އަދި އޭނާ އާއި ދެކެވުނު ވާހައކައިގެ ތެރެގައި އަންހެން މީހާގެ ބޫޓަށްވެސް ހެރީ ތައުރީފު ކުރެއްވެއެވެ.

https://www.instagram.com/p/Bo-itoLh39o/?hl=en&tagged=royalvisitaustralia

ހެރީ އާއި މެގަންގެ ދަރިފުޅަށް މިދަތުރުގައި އޮސްޓްރޭލިއާއިން ވަނީ ހަދިޔާ ވެސް ދީފައެވެ.

މިދަތުރުގައި މީޑިއާއަށް ފާހަގަކުރެވުނު އެންމެ ޚާއްޞަ ކަމަކީ މެގަން ގެ ކަންފަތުގައި ލާފައިވަ ގުޗީ އިއަރ ރިންގެވެ. އެއީ ހެރީގެ މަންމާ ފުޅުގެ ފަރާތްޕުޅުން ވާރުތަވެފައިވާ އެއްޗެއް ކަމަށް ބައެއް ނޫސްތަކުގައި ފާހަގަކޮށްފައިވެއެވެ. ހެރީ އާއި މެގަންގެ މި ދަތުރުފުޅުގައި ހޮނިހިރު ދުވަހު ސިޑްނީގައި ފެށޭ އިންވިކްޓަސް ގޭމްސް ހުޅުވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

 

https://www.instagram.com/p/Bo-0EWdgDFZ/?hl=en&tagged=royalvisitaustralia

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.