ބޭބީ ސަސެކްސްގެ ފުރަތަމަ ފޮޓޯތައް މީޑިއާއަށް

ޕްްރިންސް ހެރީ އާއި އަނިބިކަނބަލުން މެގަން، ދަރިކަލުންނާ އެކު މީޑީއާ އާ ބައްދަލުކުރައްވައިފިއެވެ. މި ފެނިލެއްވުން އޮތީ ވިންޑްސަރ ކާސްލްގެ ހޯލެއްގައެވެ.

ފުރަތަމަ ދަރިކަލުންނާ އަދި ފިރިކަލުންނާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން ހުންނަވައި މެގަން ވިދާޅުވީ ފިރިކަލުންނާއި ދަރިކަލުންނަކީ މި ދުނިޔެއިން އެކަމަނާއަށް ލިބިވަޑައިގެންނެވި އެންމެ ރަނގަޅު ދެ ބޭފުޅުން ކަމަށެވެ.

މިއަދުގެ ވަގުތެގައި ހެރީގެ ދަރިކަލުންގެ މާމާފުޅު، އިނގިރޭސި ރާނީ، ކުއީން އެލިޒަބަތު މާމަ ދަރިކަލުންނަށް ޒިޔާރަތް ކުރެއްވިއެވެ. ރާނީ އާއެކު ހެރީގެ އާއިލާގެ ފޮޓޯ އެއް ހެރީ އާއި މެގަންގެ ރަސްމީ އިންސްޓްގެރާމް ގަ އާއި ޝާހީ ޢާއިލާގެ ރަސްމީ ސޯޝަލްމީޑިއާ އެކައުންޓުގައި ޝެއަރ ކޮށްފައިވެއެެވެ. ދަރިކަލުންގެ ނަން އިޢުލާން ކުރައްވާފައިވަނީ މި ޕޯސްޓުގައެވެ. ދަރިކަލުންގެ ނަމަކީ އަރޗީ ހެރިސަން މައުންޓްބެޓްން ވިންޑްސަރ އެވެ. ޝާހީ ޢާއިލާގެ އާދކާދަ އާ ޚިލާފަށް ދަރިކަލުންނަށް ޝާހީ ލަޤަބެއް ދެއްވާފައި ނުވެއެވެ. 

ހެރީ އާއި މެގަންގެ ފުރަތަމަ ބޭފުޅާ ލިބިވަޑައިގަތީ ހޯމަ ދުވަހު އެވެ.   

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.