
މަތީ ތަޢުލީމުގެ ދާއިރާ އަލުން ބައްޓަން ކުރުމަށް މަތީ ތަޢުލީމު ފޯރުކޮށްދޭ އަމިއްްލަ ފަރާތްތަކުގެ ތަޖުރިބާ އާއި ފިކުރު ބޭނުންކުރައްވާނެ ކަމަށް މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިބްރާހީމް ޙަސަން (ޑރ. ޗަބީ) ވިދާޅުވެއްޖެއެވެ.
ޑރ. އިބްރާހީމް ޙަސަން މިހެން ވިދާޅުވީ ޕްރައިވެޓް ހަޔަރ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާ ބައްދަލު ކުރެއްވުމަށް ފަހު މިއދު ކުރެއްވި ޓުވީޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ މަތީ ތަޢުލީމުގެ ދާއިރާ ތަރައްގީ ކުރުމަށް މަތީ ތަޢުލީމު ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ވަރަށް މުހިއްމެ ކަަމަށެވެ. އެހެން ކަމުން އެފަރާތްތަކައެކު ގަވާއިދުން ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާން ގަޞްދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.