
ބޮލީވުޑްގެ މަޝްހޫރް ދެތަރީން ކަމުގައިވާ ދީޕިކާ ޕަދުކޯން އާއި ރަންވީރް ސިންހްގެ ކާވެނީގެ ފޮޓޯތަކަށް އިއްޔެއިން ފެށިގެން ޓީވީ ތަރީންނާއި ބޮލީވުޑްގެ ފަންނާނުން އައީ އިންތިޒާރު ކުރަމުންނެވެ. އިންތިޒާރު ކުރި ގިނަބަޔަކު ޝެއަރ ކުރީ މީމްސް އާއި ފޮތޯ ތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ ސްމިރްތީ އިރާނީ ޕޮސްޓުކުރި ފޮޓޯ އަކަށެވެ.
ސްމިރްތީ ގެ އިންސްޓެގްރާމް ފޮޓޯ:
ފަންނާނުންނާއި ފޭނުންގެ އިނތިޒާރު ނިމުމަކަށް ގެެނެސް ދެ ސަގާފަތަކަށް ކުރެވުނު ކާވެނީގެ ފޮޓޯތައް މި ދެތަރީންވަނީ ސޯޝަލް މީޑިއާގައި ޝެއަރ ކޮށްފައެވެ.
ރަންވީރް އާއި ދީޕިކާގެ ކާވެނީގެ ހެދުންތައް ފަރުމާ ކޮށްފައިވަނީ މަޝްހޫރު ޑިޒައިނަރު ސަބަޔާސާޗީ އެވެ. އއަދި ބޭނުންކޮށްފައިވަނީ ވެސް ސަބަޔާސާޗީގެ ގަހަނާ އެވެ.