
ދިރާގުން ދެމުން އައި މޯބައިލް ނަންބަރ ޕޯޓެބިލިޓީ (އެމްއެންޕީ) ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލުމަށް ފަހު އަލުން އެ ޚިދްމަތް ދޭން މިއަދު ފަށައިފިއެވެ. ދިރާގުން ބުނެފައިވަނީ މިއަދުން ފެށިގެން ކަސްޓަމަރުންނަށް އެމްއެންޕީ ކޯޑު ޖެނެރޭޓް ކުރެވޭނެއެވެ.
އެމްއެންޕީ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވަނީ ސިސްޓެމް ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތަކަށް މި އޮކްޓޯބަރު މަހުގެ 15ވަނަ ދުވަހުއެވެ.