ދިރާގުން މި ފުޓުބޯޅަ މޫސުމަށް ހާއްސަކޮށްގެން ކަސްޓަމަރުންނަށް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތާއި އެކު "ފޯރިން ގުގުމާލާ" ކެމްޕެއިން ތައާރަފްކޮށްފިއެވެ.
މި ކެމްޕެއިން ތައާރަފްކޮށްފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
"ފޯރިން ގުގުމާލާ" ކެމްޕެއިންއަށް ނަން ދެވިފައިވަނީ ފުޓުބޯޅަ ބަލަމުންދާއިރު ސަޕޯޓު ކުރާ ޓީމުން ލަނޑެއް ޖަހާނެ ވަގުތަކަށް ކެތްމަދުވެފައި ވަނިކޮށް އެ ޓީމުން ލަނޑެއް ޖެހުމުން އެ ކުރެވޭ ފޮނި އިހުސާސާއި، ފޯރީގައި އެންމެން އެއް އަޑަކުން ގުގުމާލާއިރު އެ ކުރެވޭ އުފާވެރި ތަޖުރިބާގެ މައްޗަށެވެ. އެހެންކަމުން، ދިރާގުގެ މަގުސަދަކީ، މި ކެމްޕެއިންގެ ތެރެއިން އަގުހުރި އިނާމުތަކާއި އައު ތަޖުރިބާތަކާއެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަކަމާއި އުފާވެރި ވަގުތުތައް ގެނެސްދިނުމެވެ.
މި ކެމްޕެއިންގެ ތެރެއިން ދިރާގުން އިއުލާނުކޮށްފައިވާ މައިގަނޑު ތިން ޕްރޮމޯޝަނަކީ:
- ޖެހީ ލިބުނީ: ކަސްޓަމަރުން ސަޕޯޓުކުރާ ޓީމުން ޖަހާ ކޮންމެ ލަނޑަކާއެކު 1ޖީބީ ޑޭޓާ ހޯދުމުގެ ފުރުސަތު ލިބޭ މި ޕްރޮމޯޝަނުގައި ދިރާގުއެޕްގައިވާ "ޖެހީ ލިބުނީ" ބެނަރއަށް ފިއްތާލުމަށްފަހު، ސަޕޯޓުކުރާ ޓީމެއް އިހުތިޔާރުކޮށްގެން ފަސޭހަކަމާއެކު ބައިވެރިވެވޭނެއެވެ. އަދި، މި ޕްރޮމޯޝަންގެ ނިމިގެންދާއިރު ލީޑަރބޯޑުގެ އެއް ވަނަ ހާސިލުކުރާ ފަރާތައް ޕީއެސް5 ސްލިމް 1ޓީބީ، އީއޭ އެފްސީ 26 ބަންޑްލްއެއް އަދި ސެމްސަން އޮޑިސީ ޖީ5 27 އިންޗީގެ 165ހަރޒް ކިއުއެޗްޑީ ކަރވްޑް މޮނިޓަރއެއް ލިބިގެންދާނެއެވެ.
- އެމްޓީވީ މޯބައިލް އެޑް-އޮން – ވީއަރ26ޕާސް: މި ޕްރޮމޯޝަންގެ ތެރެއިން ދިރާގުއެޕް މެދުވެރިކޮށް "ވީއަރ26ޕާސް" އެކްޓިވޭޓްކުރުމަށްފަހު މީޑިއާނެޓްގެ އެމް.ޓީ.ވީ މޮބައިލް އެޕް މެދުވެރިކޮށް މެޗުތައް ވަގުތުން ބަލާލުމުގެ ފުރުސަތު ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެންމެ 275 ރުފިޔާއަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، މިއާއެކު 3ޖީބީ ޑޭޓާ ވެސް މުޅިން ހިލޭ ލިބި، ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަކަމާއެކު މެޗުތައް ބަލާލުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
- 25ޖީބީ ފޯރި ބޯނަސް: ދިރާގު ޕްރިޕެއިޑްގެ ވަކި ހާއްސަ އެޑް-އޮންތަކާއެކު 25ޖީބީ ފޯރި ބޯނަސް ލިބިގެންދާނެއެވެ. މި އޮޑް-އޮންތައް އެންމެ 20 ރުފިޔާއިން ފެށިގެން ލިބެން ހުންނާނެއެވެ.
ފޯރިން ގުގުމާލާ" ކެމްޕެއިނާ ބެހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެއެވެ:
https://www.dhiraagu.com.mv/personal/promotions/FoarinGugumaalaa
ދިރާގުން ދަނީ މި ފަދަ ހާއްސަ މުނާސަބަތުތަކާއި ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު ޑިޖިޓަލް ތަޖުރިބާތަކާއި އަގުހުރި އިނާމުތައް ގެނެސްދެމުންނެވެ. ދިރާގުގެ އުންމީދަކީ މި ފުޓްބޯޅަ މޫސުމުގައި އެއް ކުޅިވަރެއް، އެއް ގައުމެއްގައި އެއް ނެޓްވޯކެއް މެދުވެރިކޮށް ތަޖުރިބާކުރަމުންދާ ވަގުތު ކަސްޓަމަރުންނަށް މި ކަމުގެ ފޯރިއާއި އުފާވެރިކަން އިތުރުވެގެން ދިއުމެވެ.
