ނަވާޒް ޝަރީފް އާއި މަރިޔަމް ނަވާޒްގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލުކޮށްފި

ކޮރަޕްޝަންގެ މައްސަލައެއްގައި ޖަލަށް ލާފައިވަ ޕާކިސްތާނުެގ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އާއި ދަރިކަނބަލުން މަރިޔަމް ނަވާޒްގެ ޖަލު ހުކުމް ބާތިލުކޮށްފިއެވެ. ޕާކިސްތާނުގެ ކޯޓުން ނަވާޒް ޝަރީފް އަށް 10 އަހަރު އަދި މަރިޔމް ނަވާޒަށް 7 އަހަރުގެ ހުކުމެއް ވަނީ ކޮށްފައެވެ. ނަވާޒް ޝަރީފް އާއި މަރިޔަމް ނަވާޒްގެ ޖަލު ހުކުމް ބާތިލުކޮށްފައި ވަނީ ހުކުމް ތަންފިޒުކުރަން ފެށިތާ 2 މަސް ދުވަސްތެރޭގައެވެ.

ޖިއޯ ޓީވީ އިން ރިޕޯޓުކުރާ ގޮތުގައި ނަވާޒް ޝަރީފް އާއި މަރިޔަމް ނަވާޒަށް އެކައުންޓެބިލިޓީ ކޯޓުން ކޮށްފައިވާ ދިހަ އަހަރުގެ ހުކުމް ބާތިލްކުރީ އިސްލާމް އާބާދުގެ ހައި ކޯޓުންނެވެ. ނަވާޒް ޝަރީފާއި މަރިޔަމް ނަވާޒް އަދި ދަނބިދަރިކަލުން ކެޕްޓަން ސަފްދާރް މިނިވަން ކުރެއްވުމަށް ހައި ކޯޓުން އަމުރު ކުރެއްވީ 'އެވެންފީލްޑް ރިފަރެންސް' މައްސަލައިގައި 3 ބޭފުޅޫންނާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެއެވެ.

ނަވާޒް ޝަރީފްގެ އަނބިކަނަބަލުންގެ ޖަނާޒާ އަށް މިދިޔަ ހަފްތާގައި ނަޒާޒް ޝަރީފާއި ދަރިކަނބަލުން ޕެރޯލްގެ ދަށުން ފަސް ދުވަހަށް ޖަލުން މިނިވަން ކުރެވެނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.