ޕްރިޔަންކާ އާއި ނިކް ޖޮނަސްގެ އެންގޭޖްމަންޓް ޕާޓީ ހޮނިހިރު ދުވަހު މުމްބާއީ ގައި

ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޮނަސްގެ ގުޅުމުގެ ވަހަކަ ތައް މީޑިއާ އާއި ހިއްސާ ނުކުރިނަމަވެސް ކޮންމެ ދުވަހަކުވެސް މި ދެ ފަންނާނުންގެ ވާހަކަ މީޑިއާގައި ދައުރުވެއެވެ.

ނިކް އާއި ޕްރިޔަންކާ މިދިޔަ މަހު އެންގޭޖް ވެފައިވާ ކަމަށް މީޑިއާގައި ރިޕޯޓުކުރި ފަހުން  މިދިޔަ ހަފްތާގައި ނިކް ވަނީ އެމެރިކާގެ ނޫސް މަޖައްލާއަކަށް ނިކް އާއި ޕްރިޔަންކާ އެންގޭޖްވެފައިވާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އިންޑިއާގެ ނުސްވެރީން އެންގޭޖްމަންޓާ ގުޅޭ ގޮތުން ޕްރިޔަންކާ އާއި ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ އޭނާގެ ހަޔާތުގެ 90 އިން ސައްތަ އަކީ ޕަބްލިކާ ހިއްސާ ކުރާ މަައުލޫމާތު ކަމަށާއި އަނެއް 10 ޕަސެންޓަކީ އޭނާ ޕަބްލިކާ ހިއްސާ ކުރަން ބޭނުނުންވާ ޒާތީ ކަންކަން ކަމަށެވެ.

މިއަދުގެ ޚަބަރުތަކަށް ބަލާއިރު ޕްރިޔަންކާ އައި ނިކް ޖޮނަސް އެންގޭޖްވި ކަމަށް ބުނާތާ އެއް މަސް ފުރޭ ދުވަހު، މި މަހުގެ 18ވަނަ ދުވަހު، މި ދެފަންނާނުންގެ އެންގޭޖްމަންޓް ޕާޓީ މުމްބާއީގައި ބާއްވަން އުޅޭ ވާހަކަ ލިޔެފައިވެެއެވެ. އަދި މި ޕާޓީގައި ބައިވެރި ވުމަށް 14 ގަޑިއިރުގެ ދިގު ދަތުރަކަށޤފަހު ނިކްގެ އާއިލާ މުމްބާއީ އަށް ދާނެކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވެއެވެ. އަދި ޕްރިޔަންކާގެ ގާތް މީހުންނަށް މިހާރު ދައުވަތު ދީފައިވާ ކަމަށްވެސް އިންޑިއަގެ ބައެއް ނޫސްތަކުން ރިޕޯޓު ކުރެއެވެ.

އެންގޭޖްމަންޓަށް ފަހު ޕްރިޔަންކާ އައީ އޭނާގެ އަނގޮޓި ޕަޕަރާޒީންންނަށް ފޮރުވުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ރޭ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލޯތްރާގެ ގޭގައި ބެއްވި ޕާޓީ އެއްގައި އޭނާގެ އަނގޮޓި ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯއެއް ރަވީނާ ޓަންޑަންވަނީ އިންސްޓެގރާމް ކޮށްފައެވެ. މިފޮޓޯ މިހާރު މީސްމީޑިއާގައި ދައުރުވަމުން އެބަދެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.