ގިނައިރު ހުސްފަޔާ ބޭތިއްބުމުން ތުއްތު ކުދީންގެ ތޫނުފިލިކަން އިތުރުވޭ

ތޫނިފިލިކަމާއި ހުސްފަޔާ ކުދީން ބޭތިއްބުމުން ތޫނުފިލިކަން އިތުރުވާ ކަމަށް ސައިންޓިސްޓުން ދެކެއެވެ. ކުދީންގެ ހިއްސީ ނިޒާމް ރަނގަޅަށް ހަރަކާތްތެރި ކުރަންޖެހޭ ކަމަށް ޑރ. ކޭސީ ފީގެލް ދެކެއެވެ. ފީގެލް އަކީ ނާރުގެ ހަރަކާތްތައް ދެނެގަނެ ނާރުގެ މައްސަލަތަކަށް ފަރުވާ ދެ ޑޮކްޓަރެކެވެ. އޭނާ ދެކޭ ގޮތުގައި ހުސްފަޔާ ކުދީން ބޭތިއްްބުމުން އެ ނިޒާމު ރަނގަޅަށް މަސައްކަތް ކުރެއެވެ. ކުދީންނަށް ހާނީއްކަ ނުވާފަދަ ހުސްބިމުގައި ހުސްފަޔާ ހިންގަން ދަސްކުރާ ކުދީންގެ ޕްރޯޕްރިއޯސެޕްޓިވް އަދި ވެސްޓިބިއުލަރ ވިއުގަތައް ރަނގަޅަށް ތަރައްގީވެ ހިއްސީ ނިޒާމަށް ލިބެންވާ ކަސްރަތު ފުރިހަމައަށް ލިބޭ ކަމަށް ފިގެލް ދެކެއެވެ.

ޕްރޯޕްރިއޮސެޕްޝަން އަކީ ހަރަކާތާއި ޖާގައިގެ ނިޒާމު އެކީ މަސައްކަތް ކުރުމަށް އެހީތެރިވާ ވިއުގައެވެ. މީހަު ހިނގަން ފައި ނަގާއިރު އެފައި އަޅާނެ ތަން ނުވަތަ ޖާގަ ދެނެގަންނަނީ ޕްރޯޕްރިއޮސެޕްޓިވް ނިޒާމު ނުވަތަ ވިއުގައެވެ. ވެސްޓިބިއުލަރ ނިޒާމު ނުވަތަ ވިއުގަވެސް މަސައްކަތް ކުރަނީ މި މޭރުމުންނެވެ. ހިނގާއިރު އަދި ފައި އެކި މިސްރާބުތަކަށް ހަރަކާތް ކުރާއިރު އިންސާނާގެ ބެލެންސް ހިފަހައްޓަނީ ވެސްޓިބިއުލަރ ނިޒާމެވެ. އިންސާނުން ސެންޓަރ އޮފް ގްރެވިޓީ ދެނެގަންނަނީ ވެސްޓިވިުއަލަރ ވިއުގައިގެ އެހީގައެވެެ.

ޕްރޯޕްރިއޮސެޕްޓިވް ނިޒާމާއި ވެސްޓިބުއުލަރ ނިޒާމު އެހައި އަވަހަށް އެހައި ފުރިހަމައަށް ތަރައްގީ ވަނީ ކިހިނެއް؟

އިންސާނާގެ ހަށިގަނޑަށް ހިއްސީ އެހީ  ގިނައިން ލިބޭ ވަރަކަށް ޖިސްމާނީ އަދި މެންޓަލް ވިއުގަ ތަރައްގީވާނެއެވެ. މިފަދަ އެހީ ނުލިބޭ ކުދީން، ނުވަތަ އެފަދަ އެހީއަށް ހުށަނޭޅޭ ކުދީންގެ ނިޒާމުތައް އެފަދަ އެހީ ލިބިގެން ބޮޑުވާ ކުދީންގެ ހިއްސީ ނިޒާމާ އެއްވަރަށް ތަރައްގީ ނުވެއެވެ.

ކުޅިވަރު ކުޅޭ އިރު ނުވަތަ ނެށުން ފަރިތަކުރުން ފަދަ ނުވަތަ ރަސްމީ މަންސަތަކުގައްޔައި ހުސްފަޔާ އުޅެން އެކަށީގެން ނުވާ ތަންތަނުގައި ކުދީން ބޫޓަށް އަރުވަންވާނެއެވެ. ނަމަވެސް ރައްކާތެރި ތަންތަނުގައި، ބެލެނިވެރިއެއްގެ ބެލުމުގެ ދަށުން ބޫޓަށް ނާރުވައި ހިނގަން ކުދީންނަށް ފުރުސަތު ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ޑރ. ފިގެލް ފާހަގަކުރާ ގޮތުގައި އަތާއި ފައި އަދި މުޅި ހަށިގަނޑުގަށް ލިބޭ ކަސްރަތުން ޕްރޮޕްރިއޮސެޕްޓިވް ނިޒާމާއި ވެސްޓިބިއުލަރ ނިޒާމު ތަރައްގީ ކުރެވޭނެއެވެ. ނަަމަވެސް ފައިތިލައަކީ ހިއްސީ ނިޒާމު ތަރައްގީ ކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ހަށިގަނޑުގެ ބައެވެ. ނާރުތަކުގެ ނިމޭ ކޮޅާއި، އަދި ހިއްސީ އެހީ ލިބިދިނުމަށް އެހީތެރިވާ ސެލްތައް ހުންނަނީ ފިޔަވަޅުގައެވެ. އަދި ހަށިގަނޑުގެ އެހެން ގުވަނވަންތަކަށް ވުރެ ބޮޑަށް ކުދީންގެ ސިކުނޑިއާއި ގުޅިފައިވަނީ ވެސް ފިޔަވަޅެވެ. ހުސްފަޔާ ހިނގުމުން ކުދީންގެ ނިއުރޯމަސްކިއުލަރ ނިޒާމުވެސް ވަރުގަދަވެއެވެ.

މައުލޫމާތު: އޭޕޯސްޓް ވެބްސައިޓުން

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.