
އިންޑިއާގެ ބޮޑުވަޒީރް ނަރެންދްރަ މޯދީ ޕާކިސްްތާނުގެ ޕްރައިމް މިނިސްޓަރ-އިލެކްޓް ޢިމްރާން ޚާން އާ ފޯނުން ގުޅުއްވައި އާއްމު އިންތިޚާބު ކާމިޔާބު ކުރެއްވުމުން ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު މޯދީ ޢިމްރާން ޚާން އަށް ގުޅުއްވީ މިއަދުގެ ވަގުތެއްގައެވެ. ޢިމްރާން ޚާންގެ ވެރިކަމުގައި ޕާކިސްތާނުގައި ޑިމޮކްރެސީ ހަރުދަނާ ވާނެކަމަށް އުއްމީދު ކުރައްވާ ކަމަށް މޯދީ ވިދާޅުވި ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. މުޅި ސަރަހައްދު ތަރައްގިކޮށް ސުލްހަ ގާއިމުކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވުރު ހާމަކޮށް އެވާހަކަފުޅު ތަކުރާރު ކުރެއްވިކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ޕާކިސްތާނުގެ ގައުމީ ބްރޯޑްކާސްޓަރ ރޭޑިއޯ ޕާކިސްތާނުން ރިޕޯޓުކުރާ ގޮތުގައި ޢީމްރާން ޚާން ބޮޑުވަޒީރު ކަމުގެ ހުވައި ކުރައްވާނީ އަންނަ އޯގަސްޓު މަހުގެ 11ވަނަ ދުވަހުއެވެ.