
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ފޯނުން މަޝްވަރާ ކުރައްވައިފިއެވެ. މިއީ ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެއަށް ކުރިމަތިލާން ޖެހިފައިވާ ސިއްހީ ދާއިރާގެ މައްސަލަތަކާއި އިގްތިސޤދީ މައްސަލަތަކާ ގުޅޭ ގޮތުން ކުރެއްވި މަޝްވަރާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި ބަޔާން ކުރައްވައިފައި ވެއެވެ.
ފޯނު މަޝްވަރާއަށް ފަހު ބޮޑުވަޒީރު ނަރެންދްރް މޯދީ ކުރެއްވީ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މި ދަތި ދަނޑިވަޅުގައި އިންޑިއާ މަސައްކަތް ކުރަމުން ގެންދާނީ ދިވެހިރާއްޖެއާ އެކުގައި ކަމަށެވެ. އަދި އެކުވެރި އަވަށްޓެރިއެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއަށް ކުރިމަތިވާ ދަތިތަކުގައި އިންޑިއާ އަބަދުވެސް އެހީތެރިވާން އޮންނާނޭ ކަމުގެ ޔަގީންކަން ބޮޑުވަޒީރު ވަނީ ދެއްވައިފައެވެ.