ބޮލީވުޑްގެ ސުޕަރސްޓަރ އާމިރް ޚާން ވަނީ މީގެ ދުވަސްކޮލެއް ކުރީން އާމިރް ޚާން ބޮޑުވަޒީރަކަށް ހޮވިވަޑައިގެންފިނަމަ އޭނާގެ 'ނަޔާ ޕާކިސްތާން' އަށް ދާނެ ކަމަށް ވައުދުވެފައެވެ.
އާމިރް ވަނީ ޓީވީ ޕްރޮގްރާމެއްގައި ޢިމްރާން ޚާންގެ 'ނަޔާ ޕާކިސްތާން' ގެ ފިކުރިއްޔާތު އޭނާއަށް ވަރަށް ކަމުދާ ކަމަށް ބުނެ އެ ފިކުރިއްޔާތަށް ތާއީދު ކޮށްފައެވެ. އަދި އާމިރް ވަނީ ޢިމްރާން ޚާން އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ ޕާކިސްތާނަށް ގޮސް ޢިމްރާން ޚާން ބޮވަޒީރު ކަމުގެ ހުަވައި ކުރާ ރަސްމިއްޔާތުގައި ބައިވެރިވާނެ ކަމަސް ބުނެފައެވެ.
@aamir_khan hi sir will you keep your promise? A reminder about your promise with @ImranKhanPTI on his Oath ceremony of #Pakistan_Prime_minister pic.twitter.com/H299QPXew1
— Saif Ullah (@m4gr8) July 30, 2018
ޢިމްރާން ޚާން މިހާރު މިވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. ޕާކިސްތާނުގެ ފަންނާނުން ދަނީ ސޯޝަލް މީޑިއާގައި އާމިރް ގެ ވައުދުގެ މަތީން އޭނާ އަށް ހަނދާންކޮށްދެމުންނެވެ. ޕާކިސްތާން މިހާރު އިންތިޒާރު ކުރަނީ އާމިރް ޚާންގެ ވައުދު ފުއްދާނެ އިރެއްގެ އިންތިޒާރުގައެވެ.
@aamir_khan I think it’s time :). https://t.co/EF0t5mPkf5
— Ali Zafar (@AliZafarsays) July 26, 2018
ޕާކިސްތާނުގެ ގިނަ ފަންނާނުންވަނީ ޢިމްރާން އަށް ތާއީދު ހޯދުމަށް މަސައްކަތް ކޮށްފައެވެ. އިލެކްޝަން ކާމިޔާބު ކުރެއްވުމުން ބޮލީވުޑްގެ ގިނަ ފަންނާނުން ވަނީ ޢިމްރާން އަށް ތަހުނިޔާ ފޮނުވާފައެވެ. އަދި ބައެއް ތަރީން ވަނީ ޢިމްރާން ހޮވިވަޑައިގެންނެވުމާ ގުޅިގެން އިންޑިއާގެ ޓީވީ ޗެނަލްތަކުން ގެނެސްދިން ޕްރޮގްރާމްތަކަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.
Congratulations to our neighbours for choosing/voting for a Democracy above militancy.Always look forward to giving new Govts a chance.Embarrased by the hysterical condescending rant by some of our own News channels.crossing lines of decency.Atleast wait to see where this goes?
— Raveena Tandon (@TandonRaveena) July 27, 2018