ނޫރާނީ ސްކޫލުގެ ދަރިވަރުންނަށް "ފަރުކޮއި" ޕްރޮގްރާމް ހިންގައިފި

އެމްއެންޑީއެފް ސަދަން އޭރިއާއިން ސ.ހިތަދޫ ނޫރާނީ ސްކޫލުގެ ދަރިވަރުންނަށް "ފަރުކޮއި ޕްރޮގްރާމް" މިއަދު ހިންގައިފިއެވެ.

މިއަދު ހެނދުނު ނޫރާނީ ސްކޫލުގެ ދަރިވަރުންނަށް ހިންގި މި ޕްރޮގްރާމްގައި 42 ދަރިވަރުން ބައިވެރިވިއެވެ. "ފަރުކޮއި" ޕްރޮގްރާމަކީ ކަނޑާއި ގުޅޭ ތަފާތު ކަންކަމަށް އަހުލުވެރިކޮށް، ރާއްޖޭގެ ފަރުތަކަށް ލޯބި ޖައްސައި، އެ ފަރުތައް ހިމާޔަތްކުރުމަކީ ކޮންމެ ކުއްޖެއްގެ ފަރުދީ ޒިންމާއެއްކަން ވިސްނައިދިނުމުގެ މަގުސަދުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކޫލުތަކަށް އަމާޒުކޮށްގެން ފަށާފައިވާ ކެމްޕޭނެކެވެ.

މިއަދުގެ ޕްރޮގްރާމްގައި، ވަނީ ދަރިވަރުންނަށް ފަރުތަކުގެ ދިރުންތައް ދައްކައިދީފައެވެ. އަދި، ސްކޫލުތަކުގައި ނަގައިދޭ ތިމާވެށި ފިލާވަޅާ ގުޅުވައިގެން ފަރުތަކާ ބެހޭ މައުލޫމާތުތައް ދަރިވަރުންނަށް ދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެގޮތުން، ފަރުތަކުގެ ދިރުން ދެމެހެއްޓުމަށް ފަރުދީ ފެންވަރުގައި ކުރެވިދާނެ ކަންކަމާއި، ޕްލާސްޓިކާއި ތެޔޮފަދަ ތަކެތި ފަރުތަކަށް އެޅުމުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކާ ބެހޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.