
އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން ރާއްޖޭގެ ޚާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދިޔަ އޭރިއަލް ސަވައިލެންސް ޕެޓްރޯލް ނިންމާލައިފިއެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ރާއްޖޭގެ އިގްތިޞާދީ ކަނޑުގެ ސަރަހައްދު ބެލުމަށް ކުރިއަށްގެންދިޔަ މި ޕެޓްރޯލްގައި ރާއްޖޭގެ އިރުމަތީ ބިތާއި ހުޅަނގު ބިތުގެ ބޮޑުބައެއް ވައިގެ މަގުން ވަނީ ބަލާފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ޕެޓްރޯލްގައި ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގައި ޤަވާއިދާ ހިލާފަށް އެއްވެސް ހަރަކާތެއް ހިނގާތޯ ވަނީ ބަލާފައެވެ.
ސިލްސިލާކޮށް ކުރިއަށްގެންދާ މި ސަވައިލަންސް އޮޕަރޭޝަންގައި އިންޑިއަން ނޭވީގެ ޑޯނިއަރ ދެ މަތިންދާ ބޯޓެއް ވަނީ ހަރަކާތްތެރިވެފައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.